ހުޅުމާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ހުޅުމާލޭގައި ޒުވާނެއްގެ ގައިގެ 8 ތަނަކަށް މިއަދު ހެނދުނު ވަޅިހަރައިފިއެވެ. ވަޅި ހަރައިފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއްގެ ގަޔަށެވެ

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު ވިދާޅުވީ އެޒުވާނާގަޔަށް ވަޅިހެރުމުން މިއަދު ހެނދުނު 7:10 އެހައިކަންހާއިރު ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އެހެންނަމަވެސް އޭނާގެ އާއިލާގެ އެދުމުގެ މަތީން އޭނާވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މީޑިއާ އޮފިސަރު ވިދާޅުވީ އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށެވެ.  އޭނާ ޓްރީޓޮޕަށް ބަދަލު ކޮށްފައިވަނޯ ހެނދުނު 11:30 އެހައިކަންހާ އިރު ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ހާދިސާ ހިނގާފައިވަނީ އެސްޓޯއިން ހުޅުމާލޭގައި ތަރައްގީ ކުރައްވަމުން ގެންދަވާ ހޮޓާ ކައިރީގައި ކަމަށެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ތަހުގީކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އަދި މީހަކު ބަންދު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.