މީހަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަންފަށައިފި

މީހަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވީދާޅުވެފައިވަމަނީ މަރުގެ އިންޒާރު ދިނުމުގެ އިތުރުން އެމީހާ އުޅޭ ގެކައިރިއަށް މީހުން އެއްވެ އޭނާއަށް ހަމަލާވެސް ދީފައިވާ ކަމަށެވެ.

އެމީހާއަކީ ދޮންދަރިއަކާ ބެހުނު ކަމުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ. އެމީހާއަށް ހަމަލާދީ އިންޒާރު ދީފައިވަނީ އެމައްސަލައާ ގުޅިގެންނެވެ. ފުލުހުން ވިދާޅުވީ އެމީހާ ވަނީ ފުލުހުންގެ ބެލުމުގެއް ދަށަށް ގެނެސްފައި ކަމަށެވެ. އެމީހާއަށް ހަމަލާ ދީފައިވަނީ އެމީހާ އުޅޭ ގެކައިރިއަށް މީހުން އެއްވެއެވެ.

ހަމަލާ ދީފައިވަނީ 56 އަހަރުގެ މީހަކަށެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ 19 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހާއަށް ހަމަލާ ދިން މައްސަލައާއި މަރުގެ އިންޒާރު ދިން މައްސަލައާއި އެމީހާ އެކުއްޖާއާ ބެހުނު ކަމަށްބުނާ މައްސަ ބަލަމުންދަނީ ވަކީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.