މާފުށީ ޖަލުގައި ފަސްއަހަރުހެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވެވަޑައިގަންނަވަން އަންގަވާފައިވަނީ އިއްޔެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވިއެވެ.
އެމަނިކުފާނު ޕޮލިހަށް ވަޑައިގަންނަވަން އަންގަވާފައިވަނީ އެމަނިކުފާނާ ގުޅޭ އިތުރު މައްސަލައެއް ތަޙުގީގު ކުރައްވަން ކަމަށް ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ބަލަން ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށް އެންގެވީ އެމަނިކުފާނުގެ އިސްތިއުނާފުގެތެރެއިން ދަޢުވާއަކީ ޤާނޫނީ ބުރަދަނެއްނެތް ދަޢުވާއެއްކަން ގާއިމްވުމުން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދަޢުވާއަކީ ޤާނޫނީ ބުރަދަނެއްނެތް ސިޔާސީ ދަޢުވާއެއްކަން ޤާއިމްވުމުން، އިތުރު ކަންތައްތަކަށް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އިއްޔެ އަންގައިފި،" ޑރ. ޖަމީލް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މިސަރުކާރަށް އެއް އަހަރަށްވުރެ ގިނަދުވަސް ވެގެންދިޔައިރު ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ނުވަތަ ސަރުކާރަށް ކަމެއްނުވެ ފޭލިވުމުން ރައީސް ޔާމީންދެކެ ކޯފާވާނެ ކަމެއްނެތް ކަމަށެވެ. "ތިޔަކަން ނިމޭނެ އިންޝާ ﷲ،" ޖަމީލް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުވާން ޖެހިވަޑައިގަންނަވާ ދުވަހެއް ޑރ. ޖަމީލް ހާމަކުރައްވާފައެއް ނުވެއެވެ.
Hithah araa gaumuga bodu hulhu jehifahun ai sarukaaru thakun ekan balaa e meehun insaafu ge kurimachchah nugenaee keevehey..kankuri meehunna, kuruvi meehun faalhukoh eba en,gey.gaimu kamakee gaumah dhin foonubedhdhey bodu gellumeh.ekamaa dhekolhu hedheyne bayaku neiy