މުޅި ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުންނަށް ރައިސް ތަހުނިޔާ ވިދާޅުވެއްޖެ

މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކުދިންނަށް ތަހުނިޔާ ވިދާޅުވެ ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ ދަރިވަރުން ހޯދި ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުން، ރާއްޖެއަށްވެސް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. ކުރިއަށް އޮތް ތާނގައިވެސް މި ދަރިވަރުން ތަޢުލީމީ ދާއިރާއިން އިތުރު ކާމިޔާބީއާއި ކުރިއެރުން ހާސިލުކުރައްވައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް ތަހުނިޔާ ވިދާޅުވެ ސިޓީ ފޮނުއްވި ކުދިންނަކީ މެތަމެޓިކްސް އިން 1 ވަނަ ހާސިލުކުރި އިސްކަންދަރު ސްކޫލްގެ ދަރިވަރު، ހެންވޭރު، ހުބަ، މަރްޔަމް ހައިބާ ޢަބްދުﷲ އާއި، މެރިން ސައިންސް އިން 1 ވަނަ ހާސިލުކުރި ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރު، ކަނޑޫދޫ، މިދިލިމާގޭ އަޙްމަދު މިޞްބާހު ޢަލީ އާއި، ޓްރެވަލް އެންޑް ޓޫރިޒަމުން 1 ވަނަ ހާސިލުކުރި ޖަމާލުއްދީން ސްކޫލްގެ ދަރިވަރު ލ. ފޮނަދޫ، ރަތްވިލާގޭ ނަސަމް ނަސީމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.