ސަރުކާރު ސިއްސައިގެންދާ ވަރަށް އިދިކޮޅުން ގޮނޑިތައް ކާމިޔާބު ކުރާނެ: ޝިޔާމް

ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ސަރުކާރު ސިއްސައިގެންދާ ވަރަށް އިދިކޮޅު ފަރާތްތަކުން ގޮނޑިތައް ކާމިޔާބު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީުގެ ނައިފަރުދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި މިހާރުވެސް ވަނީ ނާކާމިޔާބުވެފައި ކަމަށެވެ. އެހެންނަމަވެސް އިންތިޚާބާދިމާކޮށް އެތައް މަޝްރޫއެއްގައި ސޮއި ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރައްވާ ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން  "ސަރުކާރު ސިއްސައިގެންދާ ވަރަށް އިދިކޮޅުން ގޮނޑިތައް ކާމިޔާބު ކުރާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވި ހިސާބުން ފެށިގެން މިސަރުކާރުން ވަނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި އަޅުވާފައި ކަމަށެވެ.

"މުޢިއްޒު މޭޔަރަކަށް ކުރިމަތިލި ހިސާބުން އޭނާގެ ފަހަތުން ސަރުކާރު އެއުޅެނީ ނުނެއްޓިގެން. ސަރުކާރަށް ރައްޔިތުންގެ އިތުބާރުވަނީ ގެއްލިފައި އެއީ ސަރުކާރުން ވަޢުދުވި ކަންކަން ކުރެވޭތީ،" ޝިޔާމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.