ކޮރަޕްޝަނަށް ދަހިވެތިވީމާ ޤައުމީ މަޞްލަޙަތާއި ނަޒާހާތްތެރިކަން ނުފެންނާނެ: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކޮރަޕްޝަނަށް ދަހިވެތިވީމާ ޤައުމީ މަޞްލަޙަތާއި ނަޒާހާތްތެރިކަން ނުފެންނާނެ  ކަމަށް ވިދާޅުވޭ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޓުވީޓު ކުރެއްވީ ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދިނުމުގެ މައްސަލައިގައެވެ.

ޑރ. ޖަމީލް ވަނީ ރައީސް ނަޝީދު ސިއްރިޔާތުގައި ޓީއެމްއޭއާ ބައްދަލު ކުރެއްވި ކަމުގެ ތުހުމަތު ވެސް ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ނަޒާހަރަތްތެރި ކަމަށް ވަކާލާތު ކުރައްވާ ބޭފުޅަކު ދައުލަތަށް ގެއްލުންވާ ގޮތަށް ޓީއެމްއޭއަށް ވަކާލާތު ކުރެއްވުން އެންމެ ރަނގަޅުތޯ ސުވާލު ވެސް ކުރައްވައިފައެވެ.

"ނަޒާހާތްތެރިކަމަށް ވަކާލާތުކުރެއްވި މަޖިލިސް ރައީސް ސިއްރިޔާތުގައި ޓީއެމްއޭއާ ބައްދަލުކުރާ ވާހަކަ، ދައުލަތަށް ގެއްލުންވިޔަސް ޓީއެމްއޭ އަށް ވަކާލާތުކުރުން އޯކޭ؟ ރައީސް އޮފީހާއި އޭޖީގެ ބޭފުޅުން ހަމަޖެހިފައި. ކޮރަޕްޝަނަށް ދަހިވެތިވީމާ ޤައުމީ މަޞްލަޙަތާއި ނަޒާހާތްތެރިކަން ނުފެންނާނެ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު ވެރިކަމަށް ވަޑައިގެންނެވިއިރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް އެއްބަސްވެފައި ކަމަށެވެ. އެ މައްސަލާގައި މިހާރު ހިނގަމުންދާ ކަންކަން ހައްލު ނުކުރެވި ކުރިއަށްދާނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހުންވެސް ގާތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެންކަމުން ދެކޮޅަށް ވެސް ފައިދާވާނެ ގޮތަކަށް މައްސަލަ ޙައްލު ކުރައްވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

 

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.