މި ސަރުކާރުން ރައްޔިތުން ފަގީރު ކޮށްފި: ޑރ. ޖަމީލް

ޓެކްސްގެ ނަމުގައި ފައިސާ ނަގައި މިސަރުކާރުން ރައްޔިންގެ ފަގީރުކޮށްލައިފި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް އެންމެގިނައިން ސަރުކާރަށް ފާޑުވިދާޅުވާ ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިހާރެކޭ އެއްފަދައިން މަޖިލީސް އިންތިޚާބުގައި އެމްޑީޕީގެ ވެރިން ގޭގެއަށް ވަޑައިގެން އެޕާޓީއަށް އިތުބާރު ކުރައްވައި ވޯޓުދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ލޯކަލްކައުންސިލް އިންތިޚާބުގައި ގޭގެއަށް ވަޑައިގެން އެބޭފުޅުން ދައްކަވަނީ ހަމައެއްވާހަކައެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު މިއަދުވަނީ ލޯކަލްކައުންސިލް އިތިޚާބުގައި އެޕާޓީއަށް ތާއިދު ހޯއްދެވުމުގެ ގޮތުން މާލޭގެގޭތަކަށް ޒިޔާރަތް ކުރައްވައި އިތުބާރު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވައިފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް އެ ބެރު އެބޭފުޅުން ޖެއްސެވި ކަމަށެވެ. "ރިޔާސީ އަދި މަޖިލިސް އިންތިޚާބުގައިވެސް ތިޔަ ބެރު ޖެއްސެވި،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް ޔާމީންވަނީ ވަޑައިގެންނެވީ ބްރިޖާއި ހޮސްޕިޓަލާއި ޓާމިނަލް އަޅުއްވައި ދެއްވާފައި ކަމަށެވެ. އެތަންތަން ނިންމަވައި  ހަވާލުކުރީމާވެސް ހިންގަން އެނގިވަޑައިނުގެން ވީ ފެއިލް ކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެއެވެ.  "ޓެކްސްގެ ނަމުގައި ރައްޔިތުން ފަގީރުކޮށްފި،" ކަމަށް ޑރ. ޖަމީލް ވިދާޅުވިއވެ. ޑރ. ޖަމީލް ވިދާޅުވީ ބަދަލުގެ ނަމުގައި މިސަރުކާރުން ގެންވަނީ ހުސް ކޮރަޕްޝަން ކަމަށެވެ. އެހެންވީމާ "ދެން ބުނަންވީ ހަމަ ނޫނެކޭ،" ކަމަށް އެމަނިކުފާނު ވިދާޅވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ހާދަވަރަކަށް ޖަމީލު ޕުރޮމޯޓުކުރާ ނޫހެކޭ. މީނާކުރާކޮންމެ ޓުއިޓެއް ލިޔަނީ. ހަބަރެއް ކިޔަނަ ބަލާއިރު ހަބަރެއް ނާރާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.