ލޯކަލް ކައުންސިލް އިންތިޚާބުގައި، އެމްޑީޕީގެ ސްޕޯކްސްޕާރސަނަކަށް އަފްޝަން

އެމްޑީޕީން މިހާރު ފަށައިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ސްޕޯކްސް ޕާސަނެއް ހަމަޖައްސަވައިފިއެވެ.

އެމްޑީޕީން ވިދާޅުވެފައިވަނީ އެ މަގާމަށް ހަމަޖައްސަވާފައިވަނީ އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަފްޝަން ލަތީފް ކަމަށެވެ. މީގެ ކުރިން ވެސް އަފްޝަން ވަނީ މިފަދަ ކެމްޕޭން ތަކުގައި އެމްޑީޕީގެ ސްޕީކްސް ޕާސަންގެ މަގާމު ވަރަށް ފުރިހަމައަށް އަދާ ކުރައްވައިފިއެވެ. މި މަގާމަށް އޭނާ ހަމަޖެއްސެވީ މިއަދު ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.

ކެމްޕޭން ފެށުމުގެ ގޮތުން އެމްޑީޕީން މިއަދު ވަނީ މުޅި ރާއްޖޭގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ޙަރަކާތުގައި އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބައެއް ކެންޑިޑޭޓުން ވެސް ވަނީ ބައިވެރިވެފައެވެ.

މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި މިއަދުވަނީ މިހަރަކާތް ބާއްވައިފައެވެ. އޭގެ އިތުރުން އައްޑޫސިޓީއާއި އަދިވެސް ވަރަށްގިނަ ރަށްރަށުގައި ވަނީ ޕޯސްޓަރު ހަރު ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.