ޖޭޕީގޭ ޕްރައިމަރީ ނިމި، ދާއިމީ ނަތީޖާ އަދި އިއުލާނެއް ނުކުރޭ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތީޚާބުގައި ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމަށްޓަކައި ރޭ ބޭއްވި ޕްރައިމަރީ މާބޮޑު ހަމަނުޖެހުމަކަށް ނުގޮސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޖޭޕީން ވިދާޅުވީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިހާރު ސާވެފައިވާ ކަމަށެވެ. އެހެންނަމަވެސް ދާއިމީ ނަތީޖާއަކާ ހަމައަށް އަދި ނުދެއެވެ. ދާއިމީ ނަތީޖާ ހާމަކުރައްވާނެ ވަގުތެއް އެޕާޓީން އަދި ވިދާޅެއް ނުވެއެވެ.

ޖޭޕީގެ ޕްރައިމަރީ ބާއްވާފައިވަނީ، މާލޭ ސިޓީއާއި، އދ. މާމިގިއްޔާއި އެއަތޮޅު ފެންފުށީގައި އެކަންޏެވެ. އެޕާޓީން ވިދާޅުވީ މި ޕްރައިމަރީ ކުރިއަށް ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.