ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އެމްއެންޑީއެފުން އެހީވަނީ

ނުޖޫމް ދޭއް ދޯނީގައި ހުރި މީހެއްގެ މެޔަށް ކުއްލިއަކަށް ތަދެއް އަރައިގެން އެމީހާއަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މެޔަށް ތަދެއް އަރައިގެން އުޅެނީ އެދޯނީގައިހުރި 44 އަހަރުގެ ދިއްވެއްސަކަށް ކަމަށެވެ.

އެމީހާއަށް އެހީވުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ ދޯނީން އެހީތެރިކަމަށް އެދުމުންނެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:38 ގައެވެ.

މިދޯނި އޮތީ ހއ. އުލިގަމުން 70 ނޯޓިކަލްމޭލު ބޭރުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.