އާންމު ތަނެއްގައި (މާފުށީގައި) ނިވާކަން ކުޑައެޗެއްލައިގެން އުޅުމުގެ ކުށުގައި ބަންދުކުރި ފަތުރުވެރިޔާ ސިސީލިއާ ޖެސްޓެބެސްކާ ގާތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މައާފަށް އެދިވަޑައިގެންފިއެވެ.
"މިއަދު މި މަޖިލީހުން ސިސީލިއާ ޖެސްޓެބެސްކާ ގާތުން މައާފަށް އެދެން ބޭނުން. އޭނާ ހުރީ ޗުއްޓީ ހޭދަ ކުރުމަށްޓަކައި ރާއްޖޭގެ ރީތި ރަށެއް ކަމަށްވާ މާފުށީގައި. އަދި ވަރަށް ހިތާމަވެރި ކަމެއް އޭނާއަށް ވަނީ ދިމާވެފައި. އެއީ އާންމު ތަނެއްގައި ނިވާކަން ކުޑަ އެއްޗެއް ލައިގެން އުޅުމުގެ ކުށުގައި ބަންދު ކުރެވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމައްސަލާގައި ރާއްޖޭގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވެސް ވަނީ މައާފަށް އެދިވަޑައިގެންފައި ކަމަށެވެ. އެކަން ހިނގިގޮތް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ވަނީ ސާފު ކޮށްދެއްވާފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރާއްޖޭގެ ފުލުހުންގެ ވެރިޔާ މިކަމާމެދު މާފަށް އެދިވަޑައިގެންފައިވޭ. އަދި މިހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވިގޮތް، ހޯމް މިނިސްޓަރ ވަނީ ސާފުކޮށްދެއްވާފައި،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިސީލިއާ އެނބުރި ރާއްޖެއަށް އައުމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދާއި ރައްޔިތުން ބޭނުންވާނެކަމް ޔަގީން ކަމަށެވެ. "އަޅުގަނޑަށް ޔަގީން، ސިސީލިއާ ރާއްޖެއަށް އެނބުރި އައުމަށް (މާފުށްޓަށް އެނބުރި އައުމަށް) ދައުވަތުދޭން ޓޫރިޒަމް މިނިޓަރާއި މި ގައުމުގެ ރައްޔިތުން ވަރަށް ބޭނުންވާނެކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
Rayyithunney???
Aharemennah hama ran''galhu eyna hayyaru kuri kurun.dhonmeehun russan amilla namuga noonee thi baigan'duge namuga kudakakoo jahaa maafu edhey.aharemen thidheythere ah nulaa.
ނަސީދޫ ކަލޭ އިގްތިސާދީ ވާހަކަ ދެއްކީމާ މީހުން ވަރަށް ފޫހިވާނެއެވެ. ސަބަބަކީ ކަލެއަކަށް އެއްވެސް ވަރަކަށް އެހުނަރު ހޯދުމަށްވެސް މަސައްކަތް ނުކުރުމުގެ އިތުރުން ގުދުރަތުންވެސް އެހުނަރު ލިބިފައިނުވާތީއެވެ. ކަލޭދެކެ ލޯބިވާ މީހުން އެންމެ ކަޔާވަނީ ހަކުރުގެ ވާހަކަ ދެއްކީމައެވެ. މިހާރު ތިޔަހުރި މަގާމުގެ ގޮތުން އެވާހަކަ ދެއްކުމަކީ އެންމެ ރަގަޅުކަމެއްކަމުގައި ނުދެކުނަސް އެވާހަކަ ދެއްކިއިރު ހުންނެވީ ގައުމުގެ އެންމެ އިސްމަގާމުގައެވެ.