ގުރޫޕަކުން އަނިޔާކުރި އަންހެން ކުއްޖާ މިހާރުވަނީ ދެނެގަނެވިފައި

ގުރޫޕަކުން އަނިޔާކުރި އަންހެން ކުއްޖާ ގެއްލިގެން ހޯދަން ފަށައިފި ކަމަށާއި އެކުއްޖާއަށް އަނިޔާކުރި ވީޑިއޯ ބަލައިގެން އެކުއްޖާ ދެނެގަނެވިފައިވާކަމަށް ފުލުހުން ވީދަޅުވެއްޖެއެވެ.

އެކުއްޖާއަށް ނިޔާކުރާ ވީޑިއޯއެއްވަނީ އޮގަސްޓް 24 ވަނަ ދުވަހުން ފެށޮގެން ފޭސްބުގައި އާންމުވާން ފަށައިފައެވެ. އެ އަނިޔާ ލިބުނު ކުއްޖާ ދެނެގަނެ ފުލުހުންވަނީ އެއާއިލާއާ ބައްދަލުކޮށްފައެވެ.

"މި މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ. ނަމަވެސް ފުލުހުންނަށް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯރޓްކޮށްފައިނުވެއެވެ." ފުލުހުން ވިދާޅުވެފައިވެއެވެ. ގެއްލިގެން ހޯދަމުންދަނީ ގދ.ތިނަދޫ، އާބާދުވާދީ، ނަޝްފާ ޙަސަން ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. އެ ކުއްޖާގެ އުމުރަކީ 15 އަހެވެ.

ނަޝްފާ ޙަސަން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓަށް ގުޅާފައި ހިއްސާ ކޮށްދެއްވުން ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.