ނާވިލު ލިޔަން ދަސްކުރަން ރަނުގެ ފުރުސަތެއް، އަވަހަށް ބައިވެރިވޭ

މާލޭގައި ބޭއްވި ނާވިލުލިޔަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ދިވެހިބަހުގެ އެކެޑަމީ

ނާވިލު (ދިގު ކުރުވާހަކަ) ލިޔަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް އައްޑޫ ސިޓީގައި ބާއްވަން ދިވެހިބަހުގެ އެކެޑަމީން ނިންމަވައިފިއެވެ.

އެކެޑަމީން މިހާރުވަނީ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައްވައިފައެވެ. ބައިވެރިވާން ބޭނުންވާ މީހުންނަށް މި މަހު 7 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ފުރުސަތު އޮންނާނެއެވެ. ވީހައި ވެސް ގިނަ މީހުން ބައިވެރިވުމަކީ އެކެޑަމީގެ ވަރަށްބޮޑު އެދިވަޑައިގަތުމެކެވެ.

މިއީ ނާވިލު ލިޔުއްވަން ބޭނުވާ ފަރާތްތަކަށް މޮޅަށް ނާވިލު ލިޔަން ދަސްކޮށްދިނުމުގެ މަގުޞަދުގައި ބާއްވަވާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ.

އެކެޑަމީން ވިދާޅުވީ މި މަސައްކަތު ބައްދަލުވުން ފެށޭނީ ފެބުރުއަރީ 8 ވަނަ ދުވަހު ހެނދުނު ކަމަށެވެ. މިއީ އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ. އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް މީގައި ބައިވެރިވެވޭނެއެވެ. ބައްދަލުވުން އޮންނާނީ ހިތަދޫ ސްކޫލުގައެވެ.

މިއީ ދިވެހިބަހުގެ އެކެޑަމީން ބާއްވަވާ މިފަދަ ދެވަނަ ބައްދަލުވުމެވެ. މީގެ ފުރަތަމަ ބައްދަލުވުން ބޭއްވެވީ މާލޭގައެވެ. މިއީ ލިޔުންތެރިކަމަށް މީހުންގެ ހިތުގައި ޝައުގުވެރިކަން އުފައްދަވައި ނާވިލު ލިޔުންތެރިން އުފެއްދެވުމުގެ މަގުސަދުގައި ބާއްވަވާ ބައްދަލުވުމެކެވެ.

ކިޔަވައި ދެއްވާނީ ނާވިލު ލިޔުއްވުގެ ތަޖުރިބާއާއި އިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް އެކެޑަމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.