ދޮންދަރިންނަށް ޖިންސީގޯނާ ކުރި މީހެއްގެ މައްސަލައެއް ބަލަން ފަށައިފި

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ގެ ރަށެއްގެ މީހަކު އޭނާގެ ދެ ދޮންދަރީންނަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފެބުރުއަރީ 1 ގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ޢުމުރުން 55 އަހަރުގެ އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ އަންހެންކުދިންނަށެވެ.

ނޯތު ޕޮލިސް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅުތަކަކީ ކ. އއ،އދ. އަދި ވ. އަތޮޅެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އއ. އަތޮޅުގެ ރަށެއްގައެވެ.

މީގެ އިތުރުން ނ، ރ، ބ، ޅ، އަތޮޅުތަކުގެ  ތެރެއިން ރަށެއްގައި 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްތަކުގެ މަތީން 15 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް ހުސްވި ޖެނުއަރީމަހު 10 ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. މިމައްސަލައާ ގުޅިގެން ފެބުރުއަރީ 3 ވަނަ ދުވަހު ވަނީ ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކޮށްފައެވެ. ބަންދުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެމައްސަލަ ވެސް ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.