އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވިގޮތުގައި ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ގެންނަމީހުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގެ ކަމާގުޅޭ ޑިޕާރޓްމަންޓްތައް ވަނީ ތައްޔާރީ ހާލަތައް ގެނެވިފައެވެ. ކަރަންޓީން ފެސިލިޓީތައްޔާރު ކުރެވި ބައްޔާގުޅޭ މައުލޫމާތު ޑޮކުޓަރުންނާއި ކަމާގުޅޭ މުވައްޒަފުންނަށް ވަނީ ކުރިން ވެސް ފޯރުކޮށްދެވިފައި ކަމަށް މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގަން އެއަރޕޯރޓަށް އެތެރެވާ ހުރިހާ ފަތުރުވެރިން ސްކުރީންކޮށް ބެލޭނެ ނިޒާމް ވެސް ވަނީ ގާއިމްކުރެވިފައެވެ. މިމަސައްކަތް ގަވާއިދުން ހިގަމުންދާއިރު މިބައްޔަށް ޝައްކުކުރެވޭފަދަ ދަތުރުވެރިއެއް ފެނިއްޖެނަމަ އިތުރަށް ބެލުމާއި ކަރަންޓީނުކުރުމުގެ ނިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހޮސްޕިޓަލުގައި ވަނީ 4 އެނދުގެ މައްޗަށް އެކުލެވޭ އައިސޮލޭޝަން ފެސިލިޓީއެއް ވެސް ގާއިމް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ޕޯރޓް ހެލްތު ސެކްޝަން ވަނީ ތައްޔާރީ ހާލަތަށް ގެނެވިފައެވެ. މިހާލަތަށް ބޭނުންވާ ތަކެތި ހޯދައި އެތެރެވާ ފަތުރުވެރިން ސްކުރީން ކުރުމުގެ މަސައްކަތުގައި އެއަރޕޯރޓާއި ހޮސްޕިޓަލާއެކު ދަނީ މަސައްކަތް ކުރެވެމުން ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.
މިބައްޔަށް ރާއްޖެއިން ޝައްކު ކުރެވުނު އެންމެންވެސް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ. އެ އެންމެން މިހާރުވަނީ ދޫކޮށްލައިފައެވެ. ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެފައިވަނީ އެ ހަތް މީހުން ނެގެޓިވް ވުމަކީ ކޮރޯނާއިން ސަލާމަތް ވުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަރުވާ ކުޑަކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.
ތިތަނަށް ދައްކަން ދަ ބަލިމީހުންނާ ދޭތެރޭ ކަންކަން ކުރަނީ ވަރަށް ނިކަމެިތކޮށް، ވަރަށް ކިބުރުވެރި ވެރިން ތިބެނީ