ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަށްވަރު ކުރުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އައްޑޫ މޭޔަރު ކަމުގެ ޓިކެޓް އަލީ ނިޒާރު ކަށަވަރު ކޮށްފިއެވެ.
އަލީ ނިޒާރު ޓިކެޓު ކަށަވަރު ކުރީ، އެމްޑީޕީގެ އައްޑޫދާއިރާގެ ރައީސް އަހުމަދު އަދުހަމާއި، މިހާރުގެ މޭޔަރު އަބްދުﷲ ސާދިޤް (ސޯބެ) އާ ވާދަ ކުރައްވައިގެންނެވެ. މިހާތަނަށް ގުނައި ނިމި ނަތިޖާ އިއުލާން ކޮށްފައިވާ ގޮތަށް ބަލާއިރު، މިނަތީޖާ އަށް އިތުރު ބަދަލެއް އައިސްދާނެ ކަމަށް ނުބެލެވެއެވެ.
މިނަތީޖާއާއި ގުޅިގެން އައްޑޫ ސިޓީ މިހާރުގެ މޭޔަރ އަބްދުﷲ ސާދިޤު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދައިރާގެ ކުރީގެ މެންބަރު ނިޒާރަށް މަރުހަބާ ވިދާޅުވެފައެވެ.
ސޯބެ އަކީ ރާއްޖޭގައި އެންމެ ގިނަދުވަހު މޭޔަރުކަން ކުރައްވާފައިވާ ބޭފުޅާއެވެ. ލާމަރުކަޒީ ނިޒާމު ވުޖޫދުވީއްސުރެން އައްޑޫސިޓީގެ މޭޔަރުކަން ކުރައްވަނީ ސޯބެއެވެ.
މި ޕްރައިމަރީގައި މާލޭސިޓީގެ މިހާރުގެ މޭޔަރާއި، ފުވައްމުލަކު ސިޓީގެ މިހާރުގެ މޭޔަރުވެސް ވަނީ ކަޓައިފައެވެ. ފުވައްމުލަކު ސިޓީގެ މިހާރުގެ މޭޔަރ ޢަބްދުﷲ ފަލާހު ބަލިކުރެއްވުމަށްފަހު ޓިކެޓު ކަށަވަރުކުރެއްވީ އިސްމާއީލް ރަފީގެވެ. މާލޭގެ މޭޔަރ ޝިފާ މުހައްމަދު ބަލިކުރެއްވުމަށްފަހު ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީޖެނެރަލް އަނަސް އަބްދުއްސައްތާރަށެވެ.
Hama ran'galhah thivee
duniyege fahuduvas mihaaru noonee aadhuniyeyeh gai ulhevenee baa dhivehin Liyaa ehchchhidhoa
.Haadha ufaa vejjeyey Soabe keteema?
Maumoon aa dhimaalah 30 aharey kiyaa govaa negimeehun ves hama ulhunee .bagudibadhdhaigen thiben
Addu meehunnah adhi kiriyaa kamakah vaakahala kamaeh mikollevunee