(24 ޖަނަވަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
އޭނާ އާއްމުކޮށް ނިދަނީ ފާރާ ދިމާއަށް އެނބުރި އޮވެގެންނެވެ. އެކަމަކު އެ އަންހެން ކުއްޖާޔާ ދިމާއަށް ބަލާ ހިތުން އޭނާ މަގަތަށް އެނބުރިއްޖެއެވެ. މޫނާ ދިމާއަށް ދެ އަތްތިލައިން ގޮށިހަދައިގެން އިނގިލި ތަކުގެ ދޭތެރެއިން ސިއްރުން އެ ކުއްޖާއާ ދިމާއަށް ބަލާން އޮތެވެ. އެކި ގޮތްގޮތަށް އެ ކުއްޖާގެ ލޫޅާފަތި ހަށިގަނޑާ ދިމާއަށް ބެލުމަކީ އޭނާއަށް އަލަށް ކުރެވޭ އާދަޔާ ޚިލާފު ތަޖުރިބާއެކެވެ. އެ ކުރެވެނީ ނުބައި ކަމެއް ކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ޝައުގުވެރިކަމުގެ ބާރުގައި އެ އިހްސާސް ހުވާސް ހިނގައިފިއެވެ. އޭނާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރައިލެވޭ ގޮތެއް ނުވިއެވެ. އޭނާގެ ވިންދާއި ހިތުގެ ހިނގުން ވަނީ އާދަޔާ ޚިލާފަށް އަވަސް ވެފައެވެ.
އެތައް އިރެއް ވާންދެން އޭނާ ފީކޯތް ކުޅެކުޅެ އޮތެވެ. ނިންޖާއި ހޭވަރިކަމާ ދެމެދުގެ ހާލަތެއްގައެވެ. ސިއްސައިގެން ގޮސްފައި އޭނާ ތަންމިނަށް ލޯ ހުޅުވައިލިއެވެ. އަންހެން ކުއްޖާ ތުރުތުރު އަޅަނީއެވެ. ފިނީގެ ސަބަބުން ހީކަރުވަނީއެވެ.
އެހެން މީހެއްގެ އިހުސާސްތައް އަމިއްލަ ސިކުނޑިއާ ކުޅެލަނީ ކިހިނެއްކަން އޭނާއަށް މިހާރު އެނގިއްޖެއެވެ. މީގެ ކުރީން އޭނާ ހީކުރަނީ އެއީ އަންހެނުންނަށް ޚާއްސަ ޖަޒުބާތެއް ކަމުގައެވެ. މި އަންހެން ކުއްޖާޔާ ބައްދަލުވީތާ އަދި ވާނީ ގަޑިއެއްހައި އިރެވެ. އެކަމަކު މިހާރު އެ ކުއްޖާގެ ތަކުލީފުގެ އިހުސާސް އޭނާގެ ސިކުނޑިއަށް ތުރާ ކުރާން ފަށައިފިއެވެ.
އޭނާ އެނދުން ތެދުވެއްޖެއެވެ. ސޯފާގެ ކައިރިއަށް ގޮސް އެ ކުއްޖާއަށް ގޮވައިލިއެވެ. "އޭތް..."
"ކީކޭތޯ؟" އެ ކުއްޖާގެ އަޑުގައި ބަލިކަށިކަމުގެ އަސަރު އެކުލެވިފައި ހުއްޓެވެ.
"މާ ބޮޑަށް ހީކަރުވަނީތަ؟"
"ހުން އަންނަނީހެން ހީވަނީ."
"އަހަރެން ވަރަށް ބޮޑަށް ލަދު ގެންފި." ރިޟްވާން އިޚްލާސްތެރިކަމާއެކު ބުނެލިއެވެ. "އެނދަށް ދޭ. އަހަރެން ސޯފާގައި އޮވެދާނަން."
"ނޫނޭ... އަޅުގަނޑާ ހެދި ބުރަ އުފުއްލަވާނެ ކަމެއް ނެތް. އެހެން ނޫނަސް އަޅުގަނޑަކީ އެންމެ ރެއެއްގެ މެހުމާނަކީން. ހެނދުނު އަޅުގަނޑު ގެއިން ނެރެލައްވާނަމެއް ނޫންތޯ؟"
"ތިޔަ ވާހަކަ ދައްކާނީ ހެނދުނު. މިހާރު އަހަރެންގެ ބަސް އަހައިގެން އެނދަށް ދޭ."
"ތިޔައީ ވާނޭ ކަމެއް ނޫން. ގޭގެ ވެރިމީހާ ފިނީގައި ސޯފާގައި... އަޅުގަނޑު... ބީރައްޓެއްސަކު އަރާމު އެނދުގައި ރަޖާ ލައިގެން އޮތުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމަކަށް ނުވާނެ." އަންހެން ކުއްޖާ ބުންޏެވެ.
"އެހެން ނުހަދައި އެނދަށް ދޭ." ރިޟްވާން އާދޭހުގެ ރާގަކަށް ބުންޏެވެ.
އަންހެން ކުއްޖާ ވިސްނާން ފަށައިފިއެވެ. އޭރުވެސް އޭނާ ރޫރު އަޅައެވެ. "އެންމެ ރަނގަޅު. އެކަމަކު ޝަރުތަކާ އެކީ..."
"ކޮންމެ ޝަރުތެއްވެސް ގަބޫލު." ރިޟްވާން އަވަސްއަވަހަށް ބުނެލިއެވެ.
"އެނދުގެ އަނެއް ފަރާތުގައި ރަޖާ ދަށުގައި އޮންނަވަން ވާނެ. އެއީ ދެ މީހުންނަށް ފުދޭ ވަރުގެ ބޮޑު ރަޖައެއް ނޫންތޯ؟ އެނދުވެސް އެހައި ބޮޑު." އަންހެން ކުއްޖާ އިސް ދަށަށް ޖަހައިގެން އިނދެ ބުންޏެވެ.
ކުޑަ ހިނދުކޮޅަކަށް ރިޟްވާން ޖެހިލުން ވިއެވެ. "އެންމެ ރަނގަޅު. ހިނގާ."
އަންހެން ކުއްޖާ ތެދުވެގެން ގޮސް އެނދުގެ އެއް ފަރާތުގައި އޮށޯވެއްޖެއެވެ. ރިޟްވާން އަނެއް ފަރާތުގައި އޮށޯވެއްޖެއެވެ. އަންހެން ކުއްޖާ އޮތީ ހިސާބަކަށް ޖެހިލުންވެފައިކަން އެނގެއެވެ. ރިޟްވާންގެ ހަށިގަނޑުގައިވެސް ޖަޒުބާތީ ރާޅެއް ދަތުރު ކުރަމުން ދިޔައެވެ. ދެތިން މިނިޓަށް ފަހު އެ ކުއްޖާޔާ ތަންކޮޅެއް ކައިރި ވެލުމުގެ އެދުން ހިތުގައި ހިނގައިގަތެވެ. އޭނާ އަމިއްލައަށް ކައިރިވާކަށް ނުކެރުނެވެ. އަންހެން ކުއްޖާ ގާތު އެހެން ބުނާކަށް ބޭނުމެއް ނޫނެވެ.
އިރުކޮޅަކު ވިސްނާން އޮވެފައި ބުނެފިއެވެ. "ގައިމަތީން ރަޖާ ސޮހިއްޖެއެއްނު؟ މިއީ އެހައި ބޮޑު ރަޖައެއް ނޫން."
"ސޯފާއަށްވުރެ މި ގޮތްވެސް ރަނގަޅު." އަންހެން ކުއްޖާ އުނދަގުލުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އޭރުވެސް އޭނާ ރޫރު އަޅައެވެ.
ރިޟްވާނަށް ވާހަކަ ދައްކާނޭ ފުރުސަތު ލިބިއްޖެއެވެ. "މިހާރުވެސް އެބަ ހީކަރުވައެއްނު؟ މުޅި މީހާ ރޫރު އަޅަނީ. މި ކޮޅަށް ޖެހިލައި ގައިގައި ރަނގަޅަށް ރަޖާ އަލައިލާ."
އަންހެން ކުއްޖާ އޭނާޔާ ގާތަށް ޖެހިލައި ރަޖާގެ ދަށަށް ރަނގަޅަށް ވަދެއްޖެއެވެ. އޭނާގެ ހަށިގަނޑުގެ ހޫނު މިހާރު ރިޟްވާނާ ހަމައަށް އެބަ ފޯރައެވެ. އެ ކުއްޖާގެ ގައިގައި އަތް ޖައްސައިލާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. "އަދިވެސް ރޫރު އަޅަނީނު؟"
"ކީއްތޯކުރާނީ. މާ ބޮޑަށް ފިނި ވަނީ. އުނދަގޫ ވެލައްވަންޏާ އަޅުގަނޑު ރަަޖައިން ބޭރަށް ނުކުމެދާނަން."
"އެހެންނެއް ނުބުނަމެއްނު؟ ހީކަރުވާކަން އެނގޭތީ އެހެން ބުނެލީ." ރިޟްވާން ކުޑަކޮށް ހާސް ވެއްޖެއެވެ.
"އަޅުގަނޑު މި އޮތީ ހުން އައިސްފައި."
"ދެން ކީއް ކުރާނީ. އެހެން ރަޖައެއްވެސް ނެތް."
"އެހެން ގޮތެއް އެބައޮތް. އެކަމަކު އަޅުގަނޑަކީ ވިޔާނުދާ ކުއްޖެކޭ ހީކުރައްވާ ކަހަލަ ކަމެއް ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން."
"ތޔައީ ވިޔާނުދާ ކުއްޖެއް ކަމަކަށް އަހަރެން ހިޔެއް ނުކުރަން."
"އިންސާނާގެ ހަށިގަނޑުން އެ ލިބޭ ކަހަލަ ހޫނުކަމެއް އެހެން އެއްޗަކުން ނުލިބޭނެ." އަންހެން ކުއްޖާ ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.
ރިޟްވާނަށް އެ ވާހަކައިގެ މާނަ ވިސްނައިގަނެވުނީ ކުޑަ އިރުކޮޅަކުންނެވެ. މާނަ ވިސްނުމާއެކީ އޭނާގެ ތުރުތުރު އަޅައިގަތީ އަމަށަކު ވަރަކަށް ނޫނެވެ. އެޔާއެކު ޝައިތާނާ އޭނާގެ ގަޔާ ކައިރިކޮށް އޮޅުލައިގަތެވެ.
* * *
ލޯ ހުޅުވައިލެވުމާއެކު ރިޟްވާން ފުރަތަމަ ބަލައިލީ ގަޑިއަށެވެ. ދިހައެއް ޖަހައިފިއެވެ. އޭނާ އޮފީހަށް ދާން ޖެހެއެވެ. އޭނާއަށް އަންހެން ކުއްޖާ ފެނުނީ ގައި މަތީން ރަޖާ ނެގުމަށް ފަހު އެނދުން ފޭބީމައެވެ. އެ ކުއްޖާ އޮތީ އަރާމުކޮށް ނިދައިފައެވެ. ދުވާލުގެ އަލިކަމުގެ ތެރެއިން ފެންނައިރު އޭނާ އެތައް ގުނައެއް ބޮޑަށް ރީތިކަމަށް ފެނެއެވެ. އިރުކޮޅަކު ކަޅިވެސް ޖަހައި ނުލައި ބަލަހައްޓައިގެން ހުރުމަށް ފަހު އޮފީހުގެ މަތީން ހަނދާން ވީމާ އަވަސްއަވަހަށް ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.
އޭނާ ފާޚާނާއިން ނުކުތްއިރު އަންހެން ކުއްޖާ ހޭލައިފިއެވެ. "ހެނދުނު ނާސްތާ ކުރާނޭ އެއްޗެއްވެސް މި ގެޔަކު ނެތް." އޭނާ ޝަކުވާ ކުރިއެވެ.
"އަހަރެން ނާސްތާ ކުރަނީ ހޮޓަލުން." ރިޟްވާން ލަދުން ހުރެ ބުނެލިއެވެ. "އެއްޗެއް ގަނެގެން އަންނާނަން. އޮފީހަށް ދާން ލަސްވެސް ވެއްޖެ."
މާ ގިނަ އިރުތަކެއް ނުވެ ރިޟްވާން ނާސްތާ ކުރާނޭ އެއްޗެހި ގަނެގެން އަތުވެއްޖެއެވެ. އަންހެން ކުއްޖާ އުދާސް ވެފައި އިނެވެ. ރިޟްވާން އައިސް ވަނުމާއެކު އަހައިލިއެވެ. "ދެން އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ؟"
"އިހަށް ނާސްތާ ކުރޭ. އަހަރެން އޮފީހުން ނިމިގެން އައިސް ވާހަކަ ދައްކާނީ."
"އަޅުގަނޑާ އެކީ ނާސްތާ ކުރައްވާނަމެއް ނޫންތޯ؟"
"ނޫނޭ. މިހާރު މާ ބޮޑަށް ލަސް ވެއްޖެ."
ރިޟްވާން އޮފީހަށް ދާން ނުކުމެއްޖެއެވެ. އޭނާގެ ސިކުނޑި ބުމަރެއްހެން އެނބުރެނީއެވެ. އޮފީހަށް ގޮސް މަސައްކަތް ފެށުމުގެ ބަދަލުގައި އިތުރު ފަނަރަ ދުވަހުގެ ޗުއްޓީއަށް އެދި ފޯމު ލައިފިއެވެ. އާފާޤް ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އަނގަޔަކުން ނުބުނެއެވެ.
ޢަދްނާނާއި ސުލައިމާނާ ދެމީހުން މާ ކުރީން އޮފީހަށް އަތުވެއްޖެއެވެ. "ތިޔައީ ކޮން ސަކަރާތެއް؟" ސުލައިމާން އަހައިލިއެވެ.
"އަހަރެން އަދިވެސް މިހިރީ ބޮޑު ނުރައްކަލެއްގެ ތެރޭގައި. މިހާރު ހިތަށް އަރަނީ މި ރަށް ދޫކޮށް ދާންވީއޭ." ރިޟްވާން ބުންޏެވެ. "މި ވަގުތު މާ ގިނަ ސުވާލު ނުކުރޭ. އެކަމަކު ބުނަންތަ... ކުޑަ ފައިސާކޮޅެއް ބޭނުން."
"ކިހައި ވަރެއް؟" ސުލައިމާން އަހައިލިއެވެ.
"ދެ ހާހެއްހައި ރުފިޔާ."
"އެބަ ބަލަން." ސުލައިމާން ތެދުވަމުން ބުނެލިއެވެ.
ރިޟްވާނަކީ އަބަދުވެސް ދޮގަށް ނަފުރަތު ކުރާ މީހެކެވެ. ދޮގެއް ނުހަދައި ވޭތޯ މަސައްކަތް ކުރާ މީހެކެވެ. އެކަމަކު މިހާރު އެހެރަގެން ދަނީ ދޮގަކު ފުލު ދޮގެއް ހަދަމުންނެވެ. ދޮގު ހަަދަން ޖެހެނީތާއެވެ. އޭނާގެ ހިތަށް އެރިއެވެ. ރޭގަނޑުގެ ހަރަކާތްތަކަށް ފަހު އެ ކުއްޖާޔާ ވަކިވުމުގެ ޚިޔާލު ކުރުމަކީވެސް އޭނާއަށް ނުކުރެވޭ ވަރުގެ ކަމަކަށް ވެއްޖެއެވެ. އެ ކުއްޖާގެ ނަމެއްވެސް އޭނާއަކަށް އަދިއެއް ނޭނގެއެވެ. ފާޅުގައި އެ ކުއްޖާ ގޭގައި ގެންގުޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ ހައްލެއް ފެންނާން ނެތް މައްސަލައެކެވެ.
އޭނާ އިތުރު ފަނަރަ ދުވަހުގެ ޗުއްޓީ ނެގީވެސް އެހެން ވެގެންނެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ކޮންމެވެސް ހައްލެއް ހޯދިދާނޭ ކަމުގެ އުއްމީދުގައެވެ. ޗުއްޓީ ނެގި އެހެން ސަބަބެއްވެސް އެބައޮތެވެ. ޢަދްނާނާއި ސުލައިމާނާ ދެމީހުންގެ ފުށުން ސަލާމަތް ވާނީ ގެއިން ނުނުކުމެ އޮވެވޭނޭ ހީލަތެއްގެ ބޭނުން ކޮށްގެންނެވެ. ނޫނީ ރަށުން ބޭރަށް ދަނީ ކަމަށް ބުނެގެންނެވެ. ސުލައިމާނުގެ ގޮތް އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އަންހެން ކުދިންގެ މުއާމަލާތްތަކުގައި އެއީ ވަރަށް ނުރައްކާތެރި މީހެކެވެ. އެހެންވީމާ އެ އަންހެން ކުއްޖާޔާއި ސުލައިމާނާ ބައްދަލު ވެވޭނޭ ގޮތް ހެދުމަކީ އޭނާ ޖެހިލުންވާ ކަމެކެވެ.
މެންދުރު ނަމާދު ވަގުތު ފާއިތު ވެގެން ދިޔައިރުވެސް އޭނާއަކަށް ރޭކައެއް ނުލިއެވެ. އެނގުނަސް ކުރާނީ ކީއްހެއްޔެވެ؟ އޭނާ ހުރީއަކީ ނަމާދު ކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.
ސުލައިމާން އޭނާގެ ގާތަށް އައިސް އަހައިލިއެވެ. "ކިހިނެއްވީ؟ މިއަދު ނަމާދެއްވެސް ނުކުރަންތަ؟"
"ހާސްވެފައި ހުރި ވަރުން ހަނދާން ނެތުނީ."
"އެހެންތަ؟ އެކަމަކު އެހައި ބޮޑަށް ހާސް ވެފައި ހުރި ވައްތަރެއް ނުޖަހާ." ސުލައިމާން އޭނާޔާ ދިމާއަށް ކަޅި އަޅައިލިއެވެ. "އެކަމަކު ސިކުނޑީގެ ހައިޖާނެއްގެ ތެރޭގައި އުޅޭހެން އެބަ ހީވޭ."
އެ ވަގުތު އޭނާ ސުލައިމާން ދެކެ ރުޅި އަތުވެއްޖެއެވެ. އެއީ އާދަޔާ ޚިލާފަށް ބުއްދިވެރި ޗާލާކު މީހެކެވެ.
ރިޟްވާނަށް ޗުއްޓީ ލިބިއްޖެއެވެ. ސުލައިމާން ފައިސާގެ ކަންތައް ހަމަޖައްސައި ދީފިއެވެ.
އޭނާ އޮފީހުން ނުކުމެއްޖެއެވެ. ގެއަށް އައި މަގުމަތީގައި ކާބޯތަކެތި ގަނެފިއެވެ. ސިޑިން އަރަމުން ދަނިކޮށް ޖެހިގެން ހުންނަ ފުލެޓުގައި އުޅޭ ޝަމްސާ ދިމާ ވެއްޖެއެވެ. "ބަލަ އަވަށްޓެރިންގެ މަތީން ހަނދާން ނައްތައިލީތަ؟ އުފަލުގައި އަހަރެމެން ބައިވެރި ނުކުރާނަންތަ؟" އޭނާ ޝަކުވާ ކޮށްލިއެވެ.
"ކީ... ކީކޭ؟ ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ." ރިޟްވާން ހާސް ވާން ފަށައިފިއެވެ.
"އަހާނ... މީހަކާ އިން އިރު އަހަރެމެންނަށް އަންގައިވެސް ނުލަމެއްނު؟"
"މި... މީހަކާ..." ރިޟްވާން އަޅައަޅައިގެންފައި ވާހަަކަ ދެއްކިއެވެ. އެކަމަކު ދެވަނަ ސިކުންތުގެ ތެރޭގައި ސަމާލު ވެލިއެވެ. "ވަގުތު ނުވީ. އަހަރެމެން އައީ ރޭ. އެހެންވީމާ..."
"އާނ. މައްސަލައެއް ނެތް. އަހަރެންގެ ތަހުނިޔާ..."
ޝަމްސުގެ ކިބައިން ސަލާމަތް ވެގެން އައިސް އޭނާ ގޭ ދޮރުމައްޗަށް ހުއްޓުނެވެ. އެ ވަގުތު އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. އޭނާ ބޭރަށް ދިޔައީ ބޭރުން ތަޅު ނުލައެވެ. ފުލެޓުގައި އޮންނަނީ އެލުވާ ތަޅެކެވެ. ރަނގަބީލު ޖަހައިލުމާއެކު ދޮރު ހުޅުވިއްޖެއެވެ. އޭނާ އެތެރެއަށް ވަނީމާ އަންހެން ކުއްޖާ ދޮރު އެތެރެއިން ތަޅު ލައިފިއެވެ.
ރިޟްވާން ގެނައި ތަކެތި ބަދިގޭގައި ބެހެއްޓުމަށް ފަހު އެނބުރި އެ ކުއްޖާޔާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ތިޔައީ އަހަރެންގެ އަނބިމީހާއޭ އަވަށްޓެރިން ގާތު ބުނިންތަ؟"
އަންހެން ކުއްޖާ ދެރަ ވެފައި އޭނާޔާ ދިމާއަށް ބަަލައިލިއެވެ. "އަޅުގަނޑު ބުނާނީ ވަކި ކީކޭތޯ؟ އަޅުގަނޑުގެ ދުވަސް ދުއްވަވައިލައްވައިފީމެއް ނޫންތޯ؟" މިހެން ބުނުމާއެކު އޭނާއަށް ރޮވިއްޖެއެވެ.
ރިޟްވާން ކަންބޮޑު ވެއްޖެއެވެ. އޭނާ ހުއްޓުވާނީ ކިހިނެއް ބާވައެވެ؟ އެންމެ ފަހުން ގޮސް އޭނާގެ ގައިގައި ބައްދައިލިއެވެ. "ތިޔަ ހެދީ ރަނގަޅަށް. އަހަރެން ޝަކުވާއެއް ނުކުރަމޭ."
"އެކަމަކު ތިޔަ ހުންނެވީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑުގެ ދުވަސް ދުއްވަވައިލައްވައިފައި." އޭނާ ރުއިން ހުއްޓައެއް ނުލައެވެ. "އަޅުގަނޑު މި ގެއަށް އައީ ބޯހިޔާވަހިކަމަށް އެދިގެން. އެކަމަކު އަޅުގަނޑުގެ ލޫޓުވައިލެއްވީ."
"ގަބޫލު ކުރޭ. އަހަރެން މިއީ އެކަހަލަ މީހަކީމެއް ނޫން. އެ ހުރިހައި ކަމެއް ވީ ކިހިނެއް ކަމެއް އަހަންނަކަށްވެސް ނޭނގޭ." ރިޟްވާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ކުރިކަމެއް ކުރީ ކަލޭގެ ހިތްވަރު ދިނުމުގެ ސަބަބުންނޭ ބުނާން އޭނާ ބޭނުން ވިއެވެ. ފިރިހެނުންނަކީވެސް ވަރަށް އާދަޔާ ޚިލާފު ބައެކެވެ. ހުރިހައި ކަމެއް ރަނގަޅަށް އެނގި ތިބުމާއެކުވެސް އަންހެނެއްގެ ބޮލުގައި ތުހުމަތެއް އަޅުވާކަށް ނުކެރެއެވެ. އަމިއްލައަށް ކުށްވެރި ވެގަންނަނީއެވެ. އަންހެނެއްގެ ބޮލުގައި ތުހުމަތެއް އެޅުވުމަކީ ފިރިހެންވަންތަކަމާ ފުށު އަރާ ކަމަކަށް ވަނީވެސް ތޯއްޗެކެވެ.
"އެންމެންވެސް ބުނާނީ ތިޔަހެން. ހުރިހައި ފިރިހެނުންނަކީ އެއްކަހަލަ ބައެއް."
ރިޟްވާނަށް އޭނާ ރަތަމަ ކުރެވުނީ ލައްކަ މަސައްކަތުންނެވެ. އޭގެ ފަހުން ހީނ ސަމާސާ ކުރާން ފަށައިފިއެވެ. ދުވަހަކު ރުއި ހެންނެއްވެސް ހިޔެއް ނުވެއެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވީ ކަހަލަ ގޮތަކަށް ރިޟްވާން އަހައިލިއެވެ. "ނަމަކީ ކޮބައިހެއްޔޭ އަދި ނާހަމެއްނު؟ ކޮން ނަމެއްތަ ކިޔަނީ؟"
ހީނހީނ ހުރެފައި އަންހެން ކުއްޖާ ސީރިއަސް ވެލިއެވެ. "ނަަމަކީ ފިރިހެނުން އެހައި ސަމާލުކަން ދޭ އެއްޗެއްތޯ؟ އަޅުގަނޑުވެސް މި ހުންނަނީ ނަން އަހައިލާނަމޭ ހިތައި."
"ތިޔަ ކަހަލަަ ވާހަކަ ނުދައްކާ." ރިޟްވާން ލޯތްބާއެކު ބުނެލިއެވެ. "އަހަރެންގެ ނަމަކީ ރިޟްވާން."
"އަޅުގަނޑުގެ ނަމަކީ ސަގީލާ."
"ވަރަށް އާދަޔާ ޚިލާފު ނަމެއް. މީގެ ކުރީން ދުވަހަކުވެސް ތިޔަ ނަމެއް އަޑެއް ނާހަން."
"ބައްޕަ ބޭނުންވީ އަޅުގަނޑަށް ތަފާތު ނަމެއް ކިޔަން."
"ތިޔަ ނަމުގެ މާނައަކީ ކޮބާ؟"
"މިހައި ފަސޭހަ ނަމެއްގެ މާނަވެސް ހޯއްދަވަނީތޯ؟ ސަގީލާގެ މާނައަކީ ފަސޭހައިން ހަޖަމު ނުކުރެވޭ މީހާ." ސަގީލާ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
ރިޟްވާން އިސް ދަށަށް ޖަހައިލިއެވެ. އަދި މަޑުމަޑުން އަމިއްލަ ބަނޑުގައި ފިރުމައިލަމުން ބުންޏެވެ. "ހަޖަމު ކުރާކަށް އަހަންނަކަށް އުނދަގުލެއް ނޫން."
"ޚިޔާލީ ދުނިޔެއިން ނުކުންނަވާ." ސަގީލާ ތޫނުކަމާއެކު ބުނެލިއެވެ.
* * *
ރިޟްވާންގެ ޗުއްޓީއަށް ހަފުތާއެއް ވެއްޖެއެވެ. ސުލައިމާނަށް އޭނާގެ މަތީން ހަނދާން ވާން ފަށައިފިއެވެ. އޭނާއާއި ޢަދްނާނާ ދެ މީހުން ސިގިރޭޓު ގަންނާން ހަވީރު ބާޒާރު މައްޗަށް ނުކުމެގެން އުޅެނިކޮށް ޝަމްސާ ދިމާވެއްޖެއެވެ. އޭނާ ފިހާރައަށް ވަނީ ހެދި ބިލެތްގަނޑެއް ގަންނާށެވެ. "ކަލޭމެން ތިޔައީ ކޮން ކަހަލަ އެކުވެރިންނެއް؟ އެހައި ބޮޑު އެކުވެރިއަކަށް ވާ އިރުވެސް ގެއަށް ވަދެނުލާތާނގައި ތަހުނިޔާވެސް ކިޔައެއް ނުލާ."
ސުލައިމާނާއި ޢަދްނާނާ ދެމީހުންނަކަށް ޝަމްސު ދެއްކި ވާހަކަ މޭރުމެއް ނުވިއެވެ. "ތިޔަ ކިޔަނީ ކީކޭ؟"
"އަހަރެން މި ދައްކަނީ ރިޟްވާންގެ ވާހަކަ."
"އޭނާ ވީ ރަށުން ބޭރުގައި."
"ވަޅު ޢީދު ދުވަހުގެ ފަހު ދުވަހު އެނބުރި އަތުވެއްޖެ."
ސުލައިމާނާއި ޢަދްނާނާ ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. ޢަދްނާންގެ އަނގަ ހުޅުވިއްޖެއެވެ. "ދެންމެ ދެއްކީ ކޮން ތަހުނިޔާއެއްގެ ވާހަކަ؟"
"ނުދެނަހުރިންތަ؟ ބަލަ... ރިޟްވާން މީހަކާ އިނދެފިއެއްނު؟"
މި ފަހަރު ހުޅުވުނީ ސުލައިމާންގެ އަނގައެވެ. "ނުދެނަހުރިން. އެންމެ ރަނގަޅު. އަހަރެމެން އެ ގެއަށް ވަދެލާނަން."
ގެޔާ ދިމާއަށް ދަމުން ޢަދްނާން އަހައިލިއެވެ. "އެއީ ކޮން ވާހަކައެއް؟ ކިހިނެއްވީބާ؟"
"އަހަންނަކަށްވެސް ނޭނގޭ. އެކަމަކު އެއްކަލަ ދުވަހު ރިޟްވާން ފެނުނު އިރު ބަދަލުތަކެއް އައިސްފައި ހުރިކަން ފާހަގަ ކުރެވުނު."
"އެކަމަކު ޝަމްސު އެބުނާ ކަހަލަ ކަމެއް ނުވާނެކަން އަހަންނަށް ކަށަވަރު." ޢަދްނާން ބުންޏެވެ.
"ކޮންމެ ކަމެއްވެސް ވެދާނެ. ނިކަން ވިސްނައިލަބަލަ. ރިޟްވާން ގައިމުވެސް އަހަރެމެންނަށް ދޮގު ހަދައިފިއެއްނު؟"
"އެއީ ދޮގު ހަދާ މީހެއް ނޫން." ޢަދްނާން ރިޟްވާންގެ ދިފާއުގައި ބުނެލިއެވެ. "ކޮންމެވެސް އާދަޔާ ޚިލާފު ކަމެއް ވެގެން ކުއްލިއަކަށް މީހަކާ އިނދެގެން އަންނާން ޖެހުނީ ކަމަށް ވެދާނެއެއްނު؟"
"ނޫން. ކަލެއަކަށް އަދިވެސް ނުވިސްނޭ. އޭނާ އެނބުރި އައި ކަމަށް ޝަމްސު އެ ބުނާ ދުވަހަކީ އޭނާ އޮފީހަށް ގޮސް ޗުއްޓީއަށް އެދުނު ދުވަސް."
"ތިޔައީވެސް ތެދެއް. އެކަމަކު އަހަންނަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ."
ދެމީހުން އިރުކޮޅެއް ވާންދެން ހިމޭނުން ތިބެގެން ހިނގަމުން ދިޔައެވެ. އިރުކޮޅަކަށް ފަހު ޢަދްނާން ބުނެލިއެވެ. "ހިނގާ އެ ގެއަށް ދަމާ."
"ތިޔަ ކަމާ ޖެހޭނީ ވިސްނަން. އަހަންނަކަށް އަދިވެސް ވެގެން އުޅޭ ގޮތެއް ވިސްނައެއް ނުގަނެވޭ."
(ނުނިމޭ)
ނަޢީމް ބުރޯ މިވާހަކަ ތަންކޮޅެއް އަވަހަށް މަތިއަރުވާނެ ގޮތެއް ހަދާދީބަަލަ........
?Mathi eruvumakee kobaa
?upload kuruntha
'Avahah mathi aruvan fesheema 'burraas
vaahaka kiyan mifeshee.I Ehaa inthizaaru kuraakah nujehey gothah mihedhee
Aa bas eba feney.varah ran'galhu kameh
Rilvaan ahvuren salmaan ves maa ...rangalhehnu
I mean sulaimaan
Aafathis kudhinney.thigennevi badhalu faahaga kurevijje.maruhabaa.
Ekamaku
keevvetha adhives Dhivehin mashah mithaa nuliyevenee.ehen noosthakah comment kuran Dhivehi akurun liyevey.
By the way vaahaka hama iburathun furifa.aharemen baeh meehunge haalu meega mivanee.kamakah vaakahala kamakaa mudi ereema amilla nafsu obahattaakah hiyvareh nukurevey.sikun'deege beynun nuhifi hiy edhey dhimaalah hashiyes dheelaalevey aharemennah.varah dhera kameh.Mi ibraiytheri hovvevumattakaa Naeemah shukuruverivan.
ސަގީލާ ތިމަސައްކަތް ނިންމާފަ ދިޔައީމަ އިބުލީސް އޭތީގެ ތާޖު ނަގާ ސަގީލާގެ ބޮލުގަ ބަހައްޓާނެކަންނޭނގެ އުފަލުންގޮސް
Varegge nameththaa dhoa Ibileehuge khaassa dharivarah mikiyanee .Ran'galavves hajamu kuran u'ndhagoovaane kamakaa Rilwaanah thiothee lavvaalaafa.nikan dhekebala emme reakun meehaa vettunu hisaabu.mulhin kharaabu
Sageela masahkayy kaamiyaabu varah. Rilvaanuge dhuvas dhuhvaalaafi
އަޅޭ ނައީމް ބޭބޭ.ހާދަ ހައްސާސް ހިސާބެއްގާ އިންތިޒާރު ކުރަން ތިޖެއްސީ.އަދި އެވެސް މުޅި ހަފްތާ އަކަށް
Thi comment vaththaree Naeem ge vaahaka
thakah hkhiyaalu fonuvaa 'Inthizaaru' ge comment akaa. Avaamenduru akaa vaththareh noon
Varah ibraiytheri ran'galhu vaahaka eh miee