ކޮރޯނާވައިރަސްގައި މިހައިތަނަށް 17 މީހުން މަރުވެއްޖެ - ވުހާންގެ ދަތުރުފަތުރު ބަންދު

ކޮރޯނާވައިރަސްގެ ސަބަބުން 17 މީހުން މަރުވުމާއެކު ބުރާސްފަތި ދުވަހުން ފެށިގެން ޗައިނާގެ ވުހާންގެ ދަތުރުފަތުރުގެ ނިޒާމު ބަންދުކޮށްފިއެވެ. މިހައިތަނަށް ވަނީ މި ވައިރަސް އަރައިފައިވާ 500 މީހުން ފެނިފައެވެ.

ވުހާން އަކީ 11 މިލިއަން މީހުން ދިރިއުޅޭ ރަށެކެވެ.

އަންގާރަ ދުވަހު އެމެރިކާއިންވެސް ވަނީ މި ވައިރަސް ފެނުނު ކަަމަށް ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާއި ސިންގަޕޫރާއި އިންޑިއާގެ އިތުރަށް އެތައް ގައުމަކުން ވަނީ ވައިގެބަނދަރުތަކުން ދަތުރުވެރިން ސްކްރީން ކުރުމުގެ މަސައްކަތް ފަށައިފައެވެ.

ޑަބްލިޔޫއެވްއޯ އިން މިހާރު ވަނީ ކޮރޯނާވައިރަސްއަކީ މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނޭ ނުރައްކާތެރި ވައިރަހެއް ކަމަށް ބަލައި ބައިނަލްއަގުވާމީ ސިއްހީ ކުއްލިހާލަތެއް އިއުލާނު ކުރުމާ ދެކޮޅު ހަދައިފައެވެ. އެކަމަކު މިއަދު އަނެއްކާވެސް އެ ޖަމްއިއްޔާގެ އޮފިޝަލުންގެ ބައްދަލުވުމެއް ބާއްވާނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.