ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެ

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމީހާއަކީ ޢުމުރުން 33 އަހަރުގެ، ޗިލީގެ ރައްޔިތެކެވެ. ފާއިތުވި އެއްމަސްތެރޭގައި އޭނާ ވަނީ ރާއްޖޭގޭ އިތުރުން، މެލޭޝިޔާ، ސިންގަޕޫރު، އިންޑޮނޭޝިއާ، ފަދަ ގައުމުތަކަށް ޒިޔާރަތްކޮށްފައެވެ. އެދަތުރު ނިންމާލުމަށްފަހު އޭނާ ޗިލީއަށް ދިޔަ ކަމަށްވަނީ ފެބުރުއަރީ 25 ގައެވެ. އޭނާ އެބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މާޗު އެކެއްގައެވެ. ޗިލީގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ އޭނާއަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށައިފައެވެ. މިއީ ޗިލީން އެބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

މިބައްޔަށް މިހާތަނަށް ވަނީ  92000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 3000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ބަލި ފުރަތަމަ ފެނުނު ޗައިނާއިން 80000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މިބަލިޖެހިފައެވެ. އޭގެތެރެއިން 32 މީހުން ވަނީ މަރުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.