އޮޔާދިޔަ ޑިންގީއެއްގައި ތިބި ތިންމީހަކު މާވަށަށް ގެންގޮސްފި

ހަދަމުންދާ ރިސޯޓެއް ކަމަށްވާ ލ. ރަސްގެރަހަ އިން ފުރައިގެން މާވަށަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއްގައި ތިބި ތިންމީހަކު ސަލާމަތް ކޮށްގެން ލ. މާވަށަށް ގެންގޮސްފިއެވެ.

އޭގައި ތިބި މީހުން ސަލާމަތް ކޮށްފައިވަނީ މާވަށު ޕޮލިސް ސްޓޭޝަންގެ ފުލުހުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ ޑިންގީގެ އިންޖީނަށް މައްސަލަ ދިމާވެ ބެހިގެން ދާކަމުގެ މައުލޫމާތު ލިބުމުން މާވަށު ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ޑިންގީއަށް އެހީވުމަށް ވަގުތުން އެސަރަހައްދަށް ދިޔަކަމަށެވެ.

އެ ޑިންގީގެ އިންޖީނަށް މައްސަލަ ދިމާވިއިރު އެ އޮތީ މަވަށާ 2 މޭލު ބޭރުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭގައި ތިބި 3 މީހުންނަކީ ވެސް ދިވެހިންނެވެ.

"ޑިންގީއާއި ޑިންގީގައި ތިބި ތިން މީހުން މިހާރުވަނީ ސަލާމަތްތެރި ކަމާއެކު މާވަށަށް ގެންގޮސްފައި،" ފުލުހުން ވިދާޅުވިއެވެ. އެ 3 މީހުންގެ ވެސް ހާލު ރަނގަޅެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.