ފުންޒަޚަމަކާއެކު ނިޔާވެފައިއޮތް މީހަކު މުލަކު ވަޑާންގެއަކުން ފެނިއްޖެ

ފުން ޒަޚަމަކާއެކު ނިޔާވެފައިއޮތް 44 އަހަރުގެ ދިވެހި ފިރިހެނަކު މ. މުލަކު ވަޑާންގެއަކުން ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ވަޑާންގޭތެރޭގައި ވެއްޓިފައިއޮތް މީހަކުއޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:57 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބުމުން ފުލުހުން އެތަނަށްގޮސް އޭނާ ނަގައިގެން އެރަށު ސިއްހީމަރުކަޒަރަށް ދިޔުމުން ޑޮކްޓަރުން ވަނީ އޭނާ ނިޔާވެފައިވާކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ މެއިން ވާތްފަރާތުގައި 9 އިންޗިއެއްހާ ބޮޑު ފުން ޒަޚަމެއް ހުރި ކަމަށެވެ. އަދި އޭނާ ވެއްޓިފައިވާ ތަނާ ކައިރީގައި ޖައްސާފައިހުރި ކަރަންޓު ކީހެއް ހުރިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހާއަކީ އެ ވަޑާންގޭގައި މަސައްކަތް ކުރާ މީހެކެވެ. މި ވަޑާންގެއަކީ އެރަށުގެ ގެއެއްގައި ހިންގާތަނެކެވެ.

މި މައްސަލައާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.