ފަރަށްއެރި ދޯންޏެއްގައި ހުރި ހަމައެކަނި ދިވެހި މީހާ ގެއްލިގެން ހޯދަން ފަށައިފި

ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އެކަކު ގެއްލިއްޖެ އެވެ. ގެއްލިފައިވަނީ އެއިން ދަރުކުރި ހަމައެކަނި ދިވެހި މީހާއެވެ. ޢުމުރުން37 އަހަރުގެ އެމީހާއަކީ އޭގެ ކެޕްޓަނެވެ.

ދޯނި އަރައިފައިވަނީ ކ. ކަގި ކައިރީ ފަރަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމުން ކޯސްޓުގާޑުން ގެންދަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

މިހާދިސާގެ މަޢުލޫމާތި އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 8:09 އެހައިކަންހާއިރު އެވެ. ގެއްލިގެން ހޯދަމުންދާ މީހާއާއެކު އެއިން ދަތުރުކުރީ 2 ބިދޭސީންނެވެ.

މި ދޯނިން ގެއްލިގެން ހޯދަމުން ގެންދަނީ ހދ. ކުޅުދުއްފުށީ، ހަވީރީނާޒު، މުޙައްމަދު ޔޫސުފެވެ. އޭނާ ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށ ބެލިބެލުމުން އެސަރަހައްދުން ވަނީ ފީނަން ބޭނުންކުރާ މާސްކަކާއި، ބޮކްސާއެއް ވައްތަރުގެ ސޯޓެއް ފެނިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސިފައިން މިހާރުވެސް ގެންދަނީ ބ. ދޮންފަނު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ގެއްލިފައިވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެމީހާ ވެސް އަދި އަޑިއަށްދިޔަ ޑީންގީގެ ވެސް ޚަބަރެއް މިހާތަނަށް ވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.