އަށާރަ މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ފަރަކަށް އަރައިފި

އަށާރަ މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ލޯންޗަކީ މާލެއިން ފުރައިންގެ ތ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ކަމަށެވެ. އެލޯންޗު އަރައިފައިވަނީ ވ. ފެލިދޫގެ ހުޅަނގުން 10 މޭލު ބޭރުގައި އޮތް ފަރަކަށް ކަމަށް ވެސް އެމްއެންޑީ އެފުން ވިދާޅުވިއެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:10 އެހައިކަންހާއިރު ކަމަށް ސިފައިން ވިދާޅުވިއެވެ. ރިޕޯޓު ލިބުމުން ސިފައިން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

އުޅަނދުގެ ވެރިފަރާތުން މިހާރު ގެންދަނީ ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވދާޅުވިއެވެ. ފެލިދޫ ސީ އެމްބިޔުލާންސް ގެންދަނީ ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި ލޯންޗަށް ވެސް ގެއްލުމެއް ލިބިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އެއިން ދަތުރުކުރި މީހުންނާ ބެހޭ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.