ސަފާރީއަކުން ޑައިވިނަށް ފޭބި ޖަޕާނު މީހަކު ނިޔާވެއްޖެ

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ހާލު ދެރަވެގެން ހޮސްޕިޓަކަށް ގެންދިޔަ މަގުމަތީގައި ނިޔާ ވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނިޔާވެފައިވަނީ ޢޫމުރުން 64 އަހަރުގެ ފިރިހެކެވެ. އޭނާ ނިޔާވީ ޑައިވިނަށް ދިޔުމުން ޙާލު ދެރަވެގެން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 9:48 އެހައިންކަންހާއިރުއެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ މާލެ ގެނެސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.