އެމްއެޗުސީގެ ނޮވެމްބަރު މަހުގެ ތަރިއަކަށް ފާތިމަތު ނުފޫޒާ

އައްޑޫސިޓީ މަރަމާދު ހެލްތު ސެންޓަރ (އެމްއެޗުސީ) ގެ ނޮވެމްބަރު މަހުގެ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި އެމީހުންނަށް އެވޯޑު ދީފިއެވެ.

މިއީ އެތަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމާއި ކޮށްދެއްވާ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ. މިއީ މިއެވޯޑު ދިން ދެވަނަ ފަހަރެވެ.

އެމްއެޗުސީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ އެތަނުގެ މެނޭޖަރ ހެލްތު ސާވިސް ޢަބްދުﷲ ޠައްޔިބެވެ.

ނޮވެމްބަރު މަހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްޓާފް ނުވަތަ "ސްޓަރ އޮފް ދަ މަންތު" އަކަށް ހޮވިފައިވަނީ އެޗުއޯޑީ ފާޠިމަތު ނުފޫޒާ އެވެ. ބެސްޓް ނާރުހަކަށް ހޮވިފައިވަނީ ފާތިމަތު މާޝާ ޢަލީ އެވެ. ހައުސްކީޕިން ޑިޕާޓުމެންޓުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ ޖަމީލާ ޢަލީ އެވެ. ބެސްޓު ޑައިގްނޯސްޓިކް އެންޑް މެޑިކަލް ލެބްޓެކްނީޝަންއަކަށް ހޮވިފައިވަނީ ޗަންދުރަ ހުއްލާއި އެވެ.  ބެސްޓް ޑޮކްޓަރަކަށް ހޮވުނީ ޑޮކްޓަރ ވަޤާސް އަޙުމަދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.