ކުޅުދުއްފުށީގައި ސިޓީކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށައިފިން: އީސީ

ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލީހު ކަނޑައެޅުއްވުމުން އެރަށުގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރމުގެ މަސައްކަތް ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

"ހދ. ކުޅުދުށްފުށްޓަކީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން ޤާނޫނުގައިވާ ގޮތުގެ މަތީން ކުޅުދުށްފުށީގައި ސިޓީކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށައިފިން،" އީސީގެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުއްވިކަން ރައީސް ހާމަކުރެއްވީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެރަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅިގެންދާނީ މާދަމާއިން ފެށިގެންނެވެ.

"1ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން،" ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.