އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އެފްސީ ޒެފިއާއި ކުލަބު ރިވަރިން ބައްދަލުކުރި މެޗު 5-1 ލަނޑުން ރިވެރިން މޮޅުވެއްޖެއެވެ.
އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މިމެޗު ގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ރިވެރީންނެވެ. މެޗުގެ 33 ވަނަ މިނިޓުގައި އެޓީމަށް އެލަނޑު ޖަހައިދިނީ ޙަސަން އަލްފާފެވެ. މެޗު ނިމުމުގެ ކުރިން 45 ވަނަ މިނިޓުގައި ޙަސަން އައިކުވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ކުޅުން ނިމުނީ 2:0 އިން ރިވެރިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތަނާ މެޗުގެ 46 ވަނަ މިނިޓުގައި އެޓީމުގެ މުޙައްމަދު ދާނިޝްވަނީ ތިންވަނަ ލަނޑު ޖަހައި ފަރަގު ބޮޑުކޮށްލައިފައެވެ.
އެފްސީ ޒެފިއާގެ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ މުޙައްމަދު އާލިފެވެ. އޭނާ މިލަނޑު ޖަހައިދީފައިވަނީ މެޗުގެ 57 ވަނަ މިނިޓުގައެވެ. އެލަނޑަށްފަހު ދެޓީމުން ވެސް އިތުރު ލަނޑު ޖެހުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ދެންވެސް ލަނޑު ޖެހީ ރިވެރިން ޓީމުންނެވެ. އެ ޓީމުގެ ހަސަލް އަލްފާފާއި، ރުޝާން އަހުމަދު ދީދީ މެޗުގެ 82 އަދި 87 ވަނަ މިނިޓުގައި ޖަހައިދިން ލަނޑާއެކު އެމީހުންވަނީ ނަތީޖާ 5-2 އަށް ބަދަލުކޮށް މެޗުން މޮޅުވެ ތިން ޕޮއިންޓު ކަށަވަރު ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވައިފައިވަނީ ރިވެރިންގެ ޙަސަން އައިކެވެ.
މިމުބާރާތުގެ މާދަމާގެ މެޗުގައި ކުޅޭނީ އެފްސީ ބާރުމަތި އަދި ގޯދިއްޔާއެވެ.