އޭއެފްސީ 2019: މުލިމަތި ބަލިކޮށް ބޭރުމައްޗަށް ރަނގަޅު ފެށުމެއް

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް (އޭއެފްސީ 2019) ހުޅުވި މެޗުގައި މުލިމަތި ޔުނައިޓެޑު ބަލިކޮށް އެފްސީ ބޭރުމަތި މުބާރާތް ރަނގަޅު ފެށުމަކުން ފަށައިފިއެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު 4:00 ގައި ކުޅުނު މެޗު ބޭރުމަތި ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ.

ބޭރުމަތީން މޮޅު ކުޅުމެއް ދެއްކި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 11 ވަނަ މިނިޓުގައި އެޓީމަށް އެ ލަނޑުޖަހައިދިނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބޭރުމަތި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓްގައި މި ގޯލު ބޭރުމަތި ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރު 5 މުޙައްމަދު މަމްރޫނެވެ.

މިލަނޑާއެކު މުލިމަތި ޓީމުން އިތުރު ހިތްވަރެއްލައި ކުޅެން ފެށިއެވެ. އަދި ބޭރުމަތިން ވެސް އިތުރު ލަނޑެއްޖެހުމަށް މަސައްކަތްކޮށް ފުރުސަތުތައް ތަނަސްވަސް ކުރަމުން ދިޔައެވެ. އެހެންނަމެވެސް މެޗުގެ ދެވަނަ ލަނޑު އަދި މުލިމަތި ހަމައެކަނި ލަނޑު ލަނޑު 40 ވަނަ މިނިޓުގައި ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. މުލިމަތި ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 7 ޙަސަން ސަހަފް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އިތުރު ލަނޑެއްނުޖެހި މިނަތީޖާގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅުން ފަށައިގެން މާގިނައިރެއް ނުވަނީސް ބޭރުމަތި ޓީމުންވަނީ ލަނޑެއް ޖަހައި އަނެއްކާ ވެސް ލީޑު ނަގައިފައެވެ. މެޗުގެ 48 ވަނަ މިނިޓުގައި އެލަނޑު ކާމިޔާބުކޮށްދިނީ ބޭރުމަތީ ޓީމުގެ ޖާޒީ ނަމްބަރު 14 އިބްރާހީމް ސާމީއެވެ. މި ލަނޑަށްފަހު އެޓީމުގެ ޙަލާތައް ވަރުގަދަކޮށް މުލިމަތި ޔުނައިޓެޑުގެ ފަހަތަށް ބާރު ބޮޑު ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ މެޗުގެ 74 ވަނަ މިނިޓުގައި ބޭރުތީ ޓީމުގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރުމެވެ. އެޓީމަށް އެލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރ 10 ހާޒިމް ފައުޒީ އެވެ. ބޭރުމަތީ ޓީމުގެ 4 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ނަތީޖާ ގެ ފަރަގު އިތުރަށް ބޮޑުކޮށްދިނީ މެޗުގެ 88 ވަނަ މިނިޓުގައި އެ ޓީމުގެ ޖާޒީ ނަމްބަރު 22 މުޙައްމަދު ޝުއާއުއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މިމެޗުގައި ބައްދަލުކުރާނީ ކުލަބު ރިވެރީންއާއި، ފޭދޫ ސްޕޯޓްސް އެވެ. މިމެޗު ވެސް ކުޅޭނީ މާދަމާ ހަވީރު 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގެ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މުޅި މުބާރާތަށް އައްޑޫ ސިޓީކައުންސިލުން ވަނީ އެއްލައްކަ ރުފިޔާ ޚަރަދު ކުރަން ނިންމައިފައެވެ. އޭގެ ތެރެއިން މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ވިހި ހާސް ރުފިޔާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.