އެކުއެޓިކް ފިޒިއޮތޮރަޕީގެ ޚިދުމަތް އައިޖީއެމްއެޗުގައި ފަށައިފި

އެކުއެޓިކް ފިޒިއޮތޮރަޕީގެ ޚިދުމަތް އައިޖީއެމްއެޗުގައި ދެނީ: ފޮޓޯ އައިޖީއެމްއެޗު

އެކުއެޓިކް ފިޒިއޮތޮރަޕީގެ ޚިދުމަތް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި މިއަދު ފަށައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ އެ ތެރަޕީއަކީ ފެނުގައިކުރާ ކަސްރަތެއް ކަމަށެވެ. "މި ޚިދުމަތަކީ 34 ޑިގްރީގެ ހޫނުމިން ހުންނަ ފެންގަނޑެއްގައި ކުރާ ކަސްރަތެކެވެ." އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި ޚިދުމަތް ލިބޭނީ ޑޮކްޓަރަށް ދެއްކެވުމަށްފަހު ފިޒިއޯތެރަޕީގެ ބޭނުން ޖެހޭ ފަރާތްތަކަށް ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. ޚިދުމަތްދޭނީ ފިޒިއޯތެރަޕިސްޓެއްގެ އެހީތެރިކަމާއެކުގައެވެ. "މި ޚިދުމަތް ލިބިވަޑައިގަންނަވާނީ ޑޮކްޓަރަށް ދެއްކެވުމަށް ފަހު ފިޒިއޮތޮރޮޕިސްޓެއްގެ އިރުޝާދުގެ ދަށުން ޙާލަތަށް ބަލައި ފިޒިއޮތޮރޮޕީގެ ބޭނުން ޖެހޭ ކަމަށް ހަމަޖައްސަވާ ބޭފުޅުންނަށެވެ." އައިޖީއެމްއެޗުން ވިދާޅުވެފައިވެއެވެ.

މިޚިދުމަތް ދޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 4 ވަނަ ފަންގިފިލާގައެވެ. މިއީ މުޅި ރާއްޖެއަށް ވެސް މުޅިން އައު ޚިދުމަތެކެވެ. އަދި މިސަރަހައްދުގައި ވެސް މަދު ޚިދުމަތެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ބޮޑު ހޭދައެއްކޮށްގެން ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ހޮސްޕިޓަލެކެވެ. މިތަން ހުންނަނީ އައިޖީއެމްއެޗާ ގުޅާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.