ސަޢުދީގެ އެއްވެސް ޔުނިވަރސިޓީއަކުން ހަރުކަށި ފިކުރެއް ނުފަތުރާ: ޑރ. އިޔާޒު

ސަޢުދީ ޢަރަބިޔާގެ އެއްވެސް ޔުނިވަރސިޓީއަކީ ހަރުކަށި ފިކުރު ފަތުރާ ތަނެއް ނޫންކަމަށް މަޝްހޫރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ. "ސަޢުދީގެ ޔުނިވަރސިޓީއަކުން ގުރެޖުއޭޓުވެގެން ރާއްޖޭގެ އެކި ލެވެލްތަކުގެ މަގާމުތަކުގައި އެތައް ހާސް ދަރިވަރުންނެއް ޙަރަކާތްތެރިވަމުންދޭ،" ޑރ. އިޔާޒު ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވީ ވިއަވަތި ރާއްޖެ މަހާސިންތާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ސުވާލެއްގައި ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. އެސުވާލު ކުރެއްވިއިރު ރައީސް ނަޝީދު ވަނީ ސަޢުދީ ޢަރަބިޔާގެ ޔުނިވަރ ސިޓީތަކަކީ ވެސް ހަރުކަށި ފިކުރުގެ އާލާކުރާ ޔުނިވަރ ސިޓީއް ކަމަށެވެ.

"ސަޢުދީ ޢަރަބިޔާއި އަދި އެހެންވެސް ހަރުކަށި ފިކުރުގެ ޚިޔާލު އާލާކޮށް ހަދާ ގައުމުތަކުގެ ޔުނިވަރސިޓީ ތަކަށް ކުދިން ފޮނުވާއިރުގައި އެޔުނިވަރސިޓީގެ މަންހަޖުތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ އަދި އެބޭފުޅުން ކިޔަވާ ވިދާޅުވެ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖެއަށް ބޭނުންވާ މަޢުލޫމާތު ލިބިވަޑައިގެން ތިއްބަވާތޯ،" ރައީސް ނަޝީދު މިހެން ވިދާޅުވުމުން ޑރ. އިޔާޒު ދެއްވި ރަދުގައި ވިދާޅުވެފައިވަނީ "ނޭނގޭ ވާހަކަ ނުދައްކައި ހަނުހުރިއްޔާ ފަތަށް ވެސް ލުއިވާނެ،" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.