ވާތު ތިން އިނގިލި އައްސިވެފައި، މެދު އިނގިލި ބަޅުވެފައި: ރައީސް ނަޝީދު

އެތެރެހަށިކޮޅުގެ ހުރިހައި ގުނަވަނެއް ރަނގަޅު ކަމަށާއި ބޭރުފުށުގެ އަނިޔާތައް މުޅީން އަދި ރަނގަޅު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކްލަބްހައުސްގައި ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވައަތްޕުޅު ކަންފަތްޕުޅަށް އަޑުއިވުމުގައި ދަތިތަކެއް އެބަހުއްޓެވެ.

ރައީސް ނަޝީދުގެ ޑަކްޓަރުން ބުނާ ގޮތުގައި ކަންފަތްޕުޅުގެ އޮޕަރޭޝަނެއް ނޮވެންބަރު މަހުގެ ތެރޭގައި ކުރަން ޖެހިދާނެއެވެ.

އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވި ގޮތުގައި ކަނާތްޕުޅުގެ ތިން އިނގިލި މިހާރުވެސް ހުރީ އައްސިވެފައެވެ. އެއީ ބޮޑުވާއިނގިއްޔާއި ޝާހާދަތް އިނގިއްޔާއި މެދު އިނގިއްޔެވެ. މެދު އިނގިލި ހުންނަނީ ކުޑަކޮށް ބަޅުވެސް ވެފައެވެ. "ޑަކްޓަރު ވިދާޅުވީ އޮޕަރޭޝަނެއް ކޮށްގެން އިނގިލި ރަނގަޅު ކުރެވިދާނެއޭ. އަޅުގަނޑު ދެންނެވީ މިހާރު 54 އަހަރު ވެއްޖެއޭ. އެހެންވީމާ ދެން އޮތް ބައި ބަޅުއިނގިއްޔާއެކީގައި އުޅޭނީއޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.