ހުރިހާ ރަށެއްގައި އެއްއަގެއްގައި ކާޑު ވިއްކާ ގޮތަށް ހަދަނީ

ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވައްތައް ވިއްކުމަށް ހަޖައްސަން ޖެހޭ ކަން އެސްޓީއޯއިން ފަށައިފިއެވެ.

މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ އެކަމަށްޓަކައި ކާޑުގެ ބާވަތްތައް ރަށްރަށަށް ގެންދިޔުމަށް ކުރަންޖެހޭ ޚަރަދު (ނާލު) އެ ކުންފުނިން ދޭގޮތަށް ނިންމައިފައިވާ ކަމަށެވެ. އެގޮތަށް ހެދުމުން ހުރިހާރަށެއްގެ ހުރިހާ ފިހާރައަކުން ވެސް ކާޑުވިއްކަން ޖެހެނީ އެއްއަގެއްގައެވެ. މިހާރު ހަމަޖެހިފައި އޮންނަ ގޮތުން އެކި ސަރަޙައްދުތަކަށް ކާޑު އުފުލާއިރު ނާލު ދައްކަންޖެހެނީ ކާޑު ގެންދާ ފަރާތުންނެވެ. ކ

އެސްޓީއޯއިން މިހާރުވަނީ ރަށްރަށުގައި އެކުންފުނީގެ އެޖެންޓުން ބައިތިއްބުމަށް ނިންމަވައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފައެވެ. އެކަމަށް އެދު ހުށަހަޅާ ބީލަންތައް ރަށްރަށުގައި ހުންނަ އެސްޓީއޯގެ ފާމަސީ ތަކުން ވެސް ބަލައިގަންނާނެއެވެ.

ކާޑުގެ ބާއްވަތްތައް ހުރިހާ ސަރަޙައްދެއްގައި އެއްއަގެއްގައި ވިއްކާ ގޮތަށް އެސްޓީއޯއިން ހަމަޖައްސަނީ ރައީސްގެ އެންގެވުމުގެ މަތީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.