ޓެރަރިޒަމުން ގައުމު ސަލާމަތް ކުރުމަށް އަަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: ހޯމްމިނިސްޓަރ

ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ދިވެހީން މަސައްކަތް ކުރާކަމަށް ވާނަމަ ފިޔަވަޅުއަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އެވަރުގެ ކަމެއް ދުނިޔޭޣެ ކޮންމެ ހިސާބެއްގައި ވެސް ދިވެހީން ކޮށްފިކަމަށްވާނަމަ އަޅާނުލައި ދޫނުކުރައްވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހީން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދުކޮށްލާނެ ކަމެއް ނޫން،" އެމަނިކުފާނުގެ ޓުވިޓަރގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެ ޓުވީޓެއް ކުރެއްވީ ޖިހާދު ކުރުމުގެ ނަމުގައި ސީރިއާއަށް ގޮސް އުޅޭ ދިއްވެއްސެއްގެ އިންޓަރވިއުއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ޓެރަރިޒަމް ގެ ނުރައްކަލުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން އަޅުއްވާނެ ކަމަށެވެ. "ޓެރަރިޒަމްގެ ނުރައްކަލުން ދިވެހިޤައުމު ސަލާމަތް ކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް މިސަރުކާރުން އަޅަމުން ގެންދާނެ،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.