މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކާމިޔާބުވާނީ އެކުގައި މަސައްކަތް ކޮށްގެން: ހޯމް މިނިސްޓަރ

މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ފަސޭހަވާނީ ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތް ކޮށްގެން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް މިހާރުވަނީ ބޮޑުތަނުން އިތުރު ކޮށްފައި ކަމަށެވެ. "މިފަދަ އޮޕަރޭޝަންތައް ކާމިޔާބުކުރަން ފަސޭހަވާނީ ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތްކޮށްގެން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ ސިފައިންނާއި ފުލުހުން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ބޭރުބޯޓަކުން 150 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތު ފެނިފައިވަނިކޮށްނެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޢިމްރާންވަނީ މިފަދަ ކާމިޔާބު އޮޕަރޭޝަނެއް ހިންގައިފައިވާތީ އެމްއެންޑީއެފާއި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.