ތެޔޮބާޖު މާތޮޅި އަދިވެސް ފުނެއް ނުކުރެވޭ: އެމްއެންޑީއެފް

ކ. ކާށިދޫ ފަރަށް އަރައިފައިފައިވާ އެސްޓީއޯ ތެޔޮ ބާޖު އަދިވެސް ފުން ނުކުރެވެއެވެ. އެހެންނަމަވެސް އެމްއެންޑީއެފާއި އެސްޓީއޯއިން ގެންދަނީ ބާޖު ފުންކުރުމުގެ މަސައްލަތް ކުރަމުންނެވެ. "ބާޖު ފުންކުރުމަށް އެންމެއެންޑީއެފުން މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން. އަދި ބާޖުގެ ވެރިފަރާތުން ގެންދަނީ ދިޔަވަރަށް ބަލައިގެން ހުއްޓުމެއްނެތި ފުންކުރުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބޯޓު ފަރަށްއެރިއިރު އޭގައި އެއްލައްކަ އަށްޑިހާސް ލިޓަރުގެ ތެލުގެ ތެރެއިން އަދިވެސް އެއްލައްކަ ލިޓަރުގެ ތެޔޮ އެބަހުއްޓެވެ. އެސްޓީއޯއިން ގެންދަނީ ތެޔޮ ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ކާށިދޫ ގައި ފެނަކައިން ހިންގާ އިންޖީނުގެއަށް ގެންދިޔަ ތެލެވެ.

ބާޖު ފަރަށްއެރިއިރުއޭގައި 6 މީހުން ތިއްބެވެ. ފަރަށް އަރައިފައިވަނީ މިމަހު 29 ވަނަ ދުވަހު އިރުއޮއްސި 6:20 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.