މަރުވެފައި އޮއްވައި ޓޮމާޓޯގެއިން ފެނިފައިވަނީ ބަނގްލަދޭޝް މީހެއް

މަރުވެފައި އޮއްވައި މިމަހު 9 ވަނަދުވަހު މއ. ޓޮމާޓޯގޭގެ ޓެރަސްމަތީން ފެނިފައިވަނީ ބަނގްލަދޭޝް މީހެއް ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނު ވަގުތުން ފެށިގެން އިއްޔެއާ ހަމައަށް ވެސް ފުލުހުންނަށް ވަނީ އެއީކާކުން ނޭނގިފައެވެ. އޭނާ މަރުވެފައި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެދުވަހު  11:18 އެހައިކަންހާއިރުއެވެ.  ފުލުހުން އެގެއަށްގޮސް ބެލިއިރު އެމީހާގެ އަނގައިން ފޮނު އައިސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

އެގޭ ޓެރަސްމަތީން އޭނާ ބާލައިފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. އެއީ އޭގޭގައި ދިރިއުޅޭ މީހެއް ނޫނެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އެއްޗެހި ހިއްކަން އަޅަން ޓެރަސްއަށް އެރި އެގޭމީހަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.