ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިރާސާ ކުރަން ބޭނުންވާ މުވައްޒަފުންނާއި ދަރިވަރުންނަށް ޔުނިވަރސިޓީ ރިސާރޗް ގްރާންޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ. އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޚަކީ 3 ފެބްރުއަރީ 2020ވާ ހޯމަ ދުވަހުގެ މެންދުރު 2 ގެ ނިޔަލަށެވެ. ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް ގްރާންޓަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ.
ޔުނިވަރސިޓީ ގްރާންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ތިން ގިންތީންނެވެ.
(ހ) ކުޑަމިންވަރު: 10000 (ދިހަހާސް) ރުފިޔާ އާހަމައަށް ފަައިސާގެ އެހީދެވޭ
(ށ) މެދުމިންވަރު: 100000 (އެއްލައްކަ) ރުފިޔާ އާހަމައަށް ފަައިސާގެ އެހީދެވޭ
ރިސާރޗް ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް ގްރާންޓް ކޮމިޓީން ބަލައި ދިރާސާކުރުމަށްފަހު އެކި ގިންތިތަކުން ކަނޑައެޅިފައިވާ މިންގަނޑަށް ބަލައި ހޮވޭ ޕްރޮޖެކްޓްތަކަށެވެ. ގްރާންޓް ދިނުމުގައި ސަރުކާރުގެ ސްޓްރެޓެޖިކް އެެކްޝަން ޕްލޭން (2019-2023) ގައިވާ ރިސާރޗް ދާއިރާތަކާ ގުޅޭ ޕްރޮޕޯޒަލްތަކަށް އިސްކަންދެވޭނެއެެވެ.