ރައީސް ނަޝީދު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިހާރު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ. ނަމަވެސް މި ބައްދަލުވުމާ ބެހޭ އިތުރު ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ބޭފުޅުންވަނީ މަހާތްމާގާންދީގެ ހަދާނީ ބިނާއަށް ޒިޔާރަތްކުރައްވާފައެވެ. އަދި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްކުރާ ގެއަށް ވަޑައިގެން އެތަން ބައްލަވާލެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ވަފުދުގެ ބޭފުޅުންވަނީ ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑޫއާއި ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގުޖުރާތް ލެޖިސްލޭޓިވް އެސެމްބްލީގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ "ލޮކް ސަބާ ޓީވީ"އަށް އިންޓަވިއުއެއް ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.