އެމްޑީއެން ވެސް ސަލަފު ވެސް އުވާލަން ތާއީދެއް ނުކުރަން: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)  ވެސް އަދި ޖަމިއްޔަތުއްސަލަފް ވެސް އުވާލަން ތާއީދެއް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، "އާސްކް ސްޕީކަރ"ގެ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތައް އުވާލުމަކީ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ޖަމިއްޔާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ގޯސްކޮށް ކަންކަންކުރާ މީހުންނަށް ފިޔަވަޅު އަޅަން ތާއިދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ހިހާނެތި ބަސްބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓަކާ ގުޅިގެން އެމައްސަލަ ބެލުމަށްފަހު މިހާރުވަނީ އެޖަމިއްޔާ އުވާލަން ނިންމައިފައެވެ. ހަމައެއާއެކު ސަލަފު ޖަމިއްޔާ އުވާލުމަށް ވެސް ބައެއްފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.