މާލޭގެ ގެދޮރުގެ ކުލިކަނޑައަޅައިފިނަމަ އިގްތިސާދަށް ލިބޭގެއްލުމާއި ޢާއްމު ހާލަތަށް އަންނަ އުނިކަން ބޮޑުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ޕީއެސްއެމްއިން މިރޭ ގެނެސްދޭން ފެށި "އާސްކް ސްޕީކަރ" ގެ ފުރަތަމަ ޕްރޮގްރާމުގައި މީހަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ވީމިންވަރަކުން މާކެޓާ ނުކުޅެވޭތޯ ބެލުން. ކުލި ބިނާވެފައި އެއޮންނަނީ ކިތައްމީހުންތޯ އިމާރާތެއް ބޭނުމީއާއި ކިތައް އިމާރާތްތޯ ހުރިއާ އެދޭތީގެ މައްޗަށް. ކުލި މައްޗަށްދަނީ އިމާރާތް މަދުވެފައި ބޭނުންވާ މީހުން ގިނަވީމާ. އެ ކުލި ދަށްވާނީ ޢިމާރާތް ގިނަވެފައި ބޭނުންވާ މީހުން މަދުވީމައި،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން އޮންނަ ކަމެއްގެ ތެރެއަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަދެ "ކުލި ކަނޑައަޅައިފިނަމަ ދެން އިގްތިސާދުގެ އެހެން އެތައްތަނަކުން ކިތަންމެ ނުހަމަ ކަންތައްތަކެއް ނުކުންނާނެ. އޭރުން އިގްތިސާދަށް ލިބޭ ގެއްލުންވެސް އާމުހާލަތަށް ލިބޭ އުނިކަންވެސް ވަރަށް ބޮޑުވާނެ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުލިފަދަ އކަންކަން ކޮންޓްރޯލް ކުރަން އުޅުނު ތަންތަން ނުވަތަ އެފަދަ މުޖުތަމައުތައް ރަނގަޅަށް ހިނގާފައިހުރިތަނެއް ނުފެންނަކަމަށެވެ. ކުލި ކުޑަކުރަން ބޭނުން ކަމަށްވާނަމަ ކުރެވެންއޮތް ކަމަކީ ސަޕްލައި އިތުރުކޮށްގެން ނުވަތަ ޑީމާންޑް ދަށްކޮށްގެން ކުލި ކުޑަކުރުމަށް މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Raajaa thibunee hama heyokoh.
Konkahala thaakun thaaku nujehey vaahaka dhakkaa meeheh mi Anniakee.Male' veema 10 buri 12 buriah imaaraaiy mahchah negun okay.keevve rahrashah e huhdha nudhee thiulhenee.Male` meehun ekanitha rufiyaa faisaa .gengulhen jehenee
Haadha dhefuhkeheri meehekey
Male meehun kaigen boegen ulhunee raajje therey meehun kuraaburamassakah gey kuleege gothugai athulaigen.ehenveemaa maaley meehun beynunvaanee kuli abadhuves bodukuran