ބުޝް ތޭޗާރ ފްރީޑަމް އެވޯޑު އެމްޑީޕީއަށް ލިބިއްޖެ

ބައިނަލްއަޤުވާމީ އެވޯޑެއް ކަމަށްވާ ބުޝް ތޭޗާ ފްރީޑަމް އެވޯޑު ރާއްޖޭގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އެމްޑީޕީއަށް ލިބިއްޖެއެވެ.

މިއީ އިންޓަރނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަން (އައިޑީޔޫ) އިން ދިން އެވޯޓެކެވެ. އަލަށް ދޭން ފެށި މިއެވޯޑު އެމްޑީޕީއަށް ލިބިފައިވަނީ ރާއްޖޭގެ ޑިމޮކްރަސީއާއި އިންސާނީ ޙައްގުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެޕާޓީން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެ އެވޯޑް އެ ޕާޓީ އަށް ދިނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި މިހާރު ކުރިއަށްދާ އައިޑީޔޫގެ ބައްދަލުވުމުގައި އިއްޔެއެވެ. އެޕާޓީގެ ފަރާތުން އެވޯޑާ ޙަވާލުވީ ސެކްރެޓަރީޖެނެރަލް އަނަސް ޢަބްދުއްސައްތާރެވެ. އެ ބައްދަލުވުމުގައި އަނަސްގެ އިތުރަށް އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފާއި، ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރ އަދި އެމްބެސެޑަރ ތިލްމީޒާ ވެސް ބައިވެރިވިއެ

މިފަދަ އެވޯޑެއް އެޕާޓީއަށް ލިބުމަކީ އެމްޑީޕީން ކުރަމުން ގެންދާ ޑިމޮކްރަސީގެ މަސައްކަތް ބައިނަލް އަގުވާމީ ފަރާތްތަކުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް އެޕާޓީންދެކެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.