މަރުވެފައިއޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ

މަރުވެފައިއޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން މިއަދު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ކޮޓަރިއެއްގައި އޮތް މީހެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރީ އެމްއެންޑީއެފުން ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު އެމީހާ ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެގޭ ސިޑިގޮޅި ހުރިގޮތުން އެމީހާ އެގެއިން ބޭލުމަށް ދަތިތަކެއް ހުރުމުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އޭނާ ބޭލުމުގެ މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 10:19 އެހައިކަންހާ އިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ މަރުވެފައިވާކަން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ ޕެރަމެޑިކް ޑޮކްޓަރުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.