ކަރުގައި ކަންވާރެއް އޮޅިގެން މީހަކު މަރުވެއްޖެ

އެކަނި މަހަށް ނުކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރު އޮޅިގެން އެމީހާ މަރުވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ ކަންވާރު އޭނާގެ ކަރުގައި އޮޅުނީ މަހެއްގަނެގެން މޫދަށް ވެއްޓިގެން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ށ. ފުނަދޫގައި ހިނގި މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:26 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި މަރުވެފައިވަނީ ޢުމުރުން 59 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ މަހަށް ނުކުތީ ޑިންގީއެއްގައެވެ. މި ހާދިސާއަށްފަހު އޭނާ ށ. ފުނަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.