ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު 24 އަހަރުގެ ޒުވާނަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭ ނިޔާވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު 24 އަހަރުގެ ޒުވާނަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭ ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ ނިޔާވި ޒުވާނާ ޖޮގިން ނިންމާލާފައި ގެއަށްދަނިކޮށް ސައިކަލުގައި އައި 18 އަހަރުގެ ދެމީހަކު އޭނާގެ ގައިގައިޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކްސިޑެންޓުގައި މަރުވި ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެންމެފުރަތަމަ އޭނާ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވިއެވެ. އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އާއިލާއިން އެދިގެން ކަމަށް އާސަންދަ ކޮމްޕެނީގެ ސީނިއަރ މީޑިއާ އޮފިސަރު އާޝިޔާ ސާލިހު ވިދާޅުވިއެވެ.

އެކްސިޑެންޓަށްފަހު އެ ތިން މީހުންވެސް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް އެމީހުން ގެންގޮސްފައިވަނީ މިރޭ 9:20 ގައެވެ.

އުމުރުން 18 އަހަރުގެ ދެ ޒުވާނުންގެ ތެރެއިން އެކެއްގެ ބޮލަށް ވެސް ވަނީ އަނިޔާވެފައެވެ. އޭނާ ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަނެއް ކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލިގެ އިމެޖެންސީ ރޫމުގައި ގެންދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އާޝިޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.