ސަތޭއަކަށްވުރެ ގިނަ މުވައްޒަފުންނާއެކު ފެނަކައިގެ އިންޖިނިއަރުންގެ މަހާސިންތާ ފަށައިފި

ފެނަކަކޯޕަރޭޝަންގެ އިންޖިނިއަރުންގެ މަހާސިންތާ (އިންޖިނިއަރސް ސިމްޕޯޒިއަމް) ދަރުބާރުގޭގައި މިއަދު ފަށައިފިއެވެ. މި މަހާސިން ތާ ފަށްޓަވައި ދެއްވީ ރާއްޖޭގެ ނާއިބު ރައީ ފައިސަލް ނަސީމެވެ.

މި މަހާސިންތާގައި ފެނަކައިގެ ހުރިހާ ބުރާންޗުތަކުން ޓެކްނިކަލް މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެގޮތުން 189 މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މިއީ ފެނަކައިން ދެމުންގެންދާ ކަރަޓުގެ ޚިދުމަތްތަކަށް ދިމާވަމުންދާ މައްސަލަތައް ދެނެގަނެ އެކަންކަން ކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޕްރެޒެންޓޭޝަންތައް ހުށަހަޅައި އެއަށް މަޝްވަރާކޮށް ޙައްލުހޯދޭނެގޮތްތައް ދެނެގަތުމަށް މަސައްކަތް ކުރާނެއެވެ.

މިއީ އެއްދުވަހުގެ މަހާސިންތާއެކެވެ. މި މހާސިންތާގައި ޕެނަލް ޑިސްކަޝަންއާއި، އިޔާދަކުރަނުވި ހަކަތަ އުފެއްދުމާ ބެހޭ ގޮތުން މަޝްރާކުރާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.