ރައީސް ޔާމީން ސަލާމަތް ކުރަން ކުރަންޖެހުނު ކޮންމެ ކަމެއްކުރާނަން: ސަޢީދު

އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ މުހައްމަދު ސައީދު: ފޮޓޯ ވީނިއުސް

ރައީސް ޔާމީން މައްޗަށް މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމުން އެމަނިކުފާނު ސަލާމަތް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ޕީއެންސީގެ ނާއިބު ލީޑަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ މިއަދުގެ ޙުކުމަކީ ވަރަށް ބޮޑަށް ސިޔާސީވެފައިވާ ޙުކުމެއްކަމަށެވެ.

ރައީސް ޔާމީނަށް ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވެރިން ރައީސް ޔާމީނާމެދު އޮތް ޙަސަދައެއް ފިލުވައިލުމަށް އުފުލި ސިޔާސީ ދަޢުވާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންވީމާ އެ ޙުކުމް ބަލައިނުގަންނަ ކަމަށް ސަޢީދު ވިދާޅުވިއެވެ. "މިގޮތަށް މިދައުލަތްދާ ކަމަށްވާނަމަ މިދައުލަތަށް، މިގައުމަށް ދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ،" އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވަނީ ރައްޔިތުންނަށް ތަފާތު އެކި ވަޢުދުތައް ވެ ވާހަކަތަކެއް ދައްކާފައި ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނާ ބޭރުދުނިޔެއަށް އޮޅުވާލައި މިހާރު ގެންދަނީ މަންޒަރު ބަދަލު ކުރުމަށް އެތައް ކަމެއް ކުރަމުން ކަމަށް ސަޢީދު ވިދާޅުވިއެވެ. މިއީ ވަރަށްކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަން ހަމައަކަށް އަޅުވަން އިދިކޮޅުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލުމަކީ ލިބުނު ވަރަށްބޮޑު ހިތާމައެއް ކަމަށާއި އެހެންނަމަވެސް ޕާޓީގެ ކަންތައްތަކާއި ރައީސް ޔާމީންގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.