ހިތްދަތިވާ ފަދަ ޙުކުމެއް އަންނާނެ ކަމަށް ނުދެކެން: ރައީސް ޔާމީން

ރައްޔިތުން ނުވަތަ ރައީސް ޔާމީން ދެކެ ލޯބިވާ މީހުން ހިތްދަތިވާ ފަދަ ޙުކުމެއް މިއަދު އެމަނިކުފާނުގެ މައްޗަށް ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ރޭ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އެއްވެސް އަސްލެއްނެތް ކަމެއްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މައުސޫމް މީހެއްކަމަށެވެ. ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައުސޫމުކަން ފުރަތަމަ ހާމަކުރަންޖެހެނީ ޝަރީއަތަކަށް ނޫން ކަމަށެވެ. އެކަން ހާމަކޮށްދޭންޖެހޭނީ އެމަނިކުފާނުގެ ޢާއިލާއަށް ކަމަށެވެ. އެއަށްފަހު އެމަނިކުފާނުގެ ސިޔާސީ ޢާއިލާއަށް ކަމަށެވެ.

މިއަދުގެ ޝަރީއަތް ވެސް ރަނގަޅަށް ކޮށްފި ކަމަށްވާނަމަ އެމަނިކުފާނުގެ މައުސޫމުކަން ނޫން އެއްޗެއް ނުފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.