އެމްއާރުއެމް ރަޖިސްޓްރީކޮށް، ސެޓުފިކެޓު ހަވާލުކުރުން މިމަހު ފަންސަވީހުގައި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަނުން ވިދާޅުވީ އެޕާޓީ ރަޖިސްޓްރީކޮށްދެއްވުމަށްފަހު ރަޖިސްޓްރީ ސެޓްފިކެޓު މިމަހު 25 ވަނަ ދުވަހު ޙަވާލު ކޮށްދޭނެ ކަމަށެވެ.

މިއީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ. މި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށެވެ.

މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ތިންވަނަ ޕާޓީއެވެ. މީގެ ކުރިން އުފެއްދެވީ ޑިއާރުޕީއާއި ޕީޕީއެމްއެވެ.

އެމްއާރުއެމްގެ އިންތިގާލީ ކައުންސިލްގެ މެމްބަރު ނާދިރާ ވިދާޅުވެފައިވަނީ އެމްއާރުއެމް ވެގެންދާނީ ވަރަށް ބޮޑަށް ހުޅުވިފައިވާ އަދި ހަމަހަމަކަމަށް އިސްކަންދޭނެ ޕާޓީއަކަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.