ރައީސް މައުމޫނުގެ ތާއީދު ހޯދަން ޕާޓީތަކުގެ ބައެއް ކެންޑިޑޭޓުން ވެސް މަސައްކަތްކުރޭ: ތަޒްމީލް

ތަޒްމީލް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ

ލިބިފައިވާ ކެންޑިޑޭޓުން ވެސް ރައީސް މައުމޫންގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްއާރުއެމް އިން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކެމްޕޭން ސްޕޯކްސް ޕާސަން ތަޒުމީލް ޢަބްދުއްސަމަދު ވިދާޅުވީ ރައީސް މައުމޫންގެ ތާއީދު ހޯއްދަވަން ބައެއް ކެންޑިޑޭޓުން ގުޅުއްވިޔަސް އަދި އެކަމަށް ގޮތެއް ނުނިންމަވާ ކަމަށެވެ.

ރައީސް މައުމޫންގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަނީ ކޮންޕާޓީތަކެއްގެ ކިތައް ކެންޑިޑޭޓުން ކަމާއި އެއީ ކޮންބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެޕްރީލް 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބަށް މިހާތަނަށް އެމްއާރުއެމްގެ ފަރާތުން ވަނީ 24 ކެންޑިޑޭޓަކު ވާދަކުރަން ނިންމައިފައެވެ. މަޖިލީހަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަދުވަހަށެވެ. އެމުއްދަތުގައި މިހާރުތިބި ކެންޑިޑޭޓުންގެ ޢަދަދު ޑަބަލްވުމަކީ ވެސް އެކަށީގެންވާ ކަމެއް ތަޒްމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަންތެރޭގައި ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް އެމްއާރުއެމް ވާދަނުކުރާ ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރާ ކަމަށްވާނަމަ އެ ކެންޑިޑޭޓަކަށް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.