ޝަހީދުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. "އަޅުގަނޑު ކޮންމެ ދުވަހަކުވެސް ގެއިން ނުކުންނަނީ މަރު އަތްމައްޗަށް ލައިގެން. ޝަހީދުވާނެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑު މިހުންނަނީ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ ކަތިލާފައި އެއްލާލީ އިހަށް ދުވަހު ކަމަށެވެ. އަފްރާޝީމުގެ މަރާބެހޭ ތަހުގީގު ރިޕޯޓުގެ ޚުލާސާ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލިހަށް އިއްވި ދުވަހު އެ އަޑު އައްސަވާފައި ބިރުން ތުރުތުރު އެޅިކަމަށް އޭނާ ވިދާޅުވިއެވެ. ބިރުގަތީ މަރާލައިފާނެތީ ނޫންކަމަށާއި، ބިރުގަތީ "ސަލަފީންނާއި، މިކަހަލަ ސެލްތަކުގެ މީހުން އޮޕަރޭޓު ކުރާ ޤައުމަކަށް މިގައުމުވީމާ،" ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި މީހުން މެރުންފަދަ ބޮޑެތި ޖަރީމާ ހިންގާ މީހުން ވަގުތުން ހައްޔަރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިފައިން ނުކުމެ އެފަދަ މީހުން ހޯދައި ވަގުތުން ބަންދު ކުރުމަށް އޭނާވަނީ ސިފައިންގެ އެންމެ މަތީވެރިންނަށް ގޮވާލައިފައެވެ. އަދި އަފްރާޝީމްގެ މަރާގުޅޭ ގޮތުން ޝައްކުވާ މީހުން ބަންދުކޮށް ސަލަފް ޖަމިއްޔާ އުވާލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. އެހެންނަމަވެސް އެޖަމާޢަތް އުވާލަން އޭނާ ގޮވައިލެއްވީ ކީއްވެކަމެއް ނޭނގެއެވެ.
???
Jabir haadha hevvaa vaahaka dhakkaey.
Salaf uvaalan govaairu laadheenee report nerunu meehun hayyaru kuran nugovee keevvetha
އަނެއްކާ މާ ދަރަނި ގިނަ ވީމަ މޮޅު ގޮތަކަށް މަރުވެގެންދާން ޖާބިރު ވިސްނަނީ ބާ